Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މޯލްޑިވިއަން ބަގުރޫޓްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މޯލްޑިވިއަން ބަގުރޫޓްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އައިލެންޑް އޭވިއޭޝަން ސާވިސްއަށް ކުރިމަތިވެފައިވާ މާލީ ހާލަތުގެ ސަބަބުން އެ ކުންފުނިން ހިންގާ މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވައިލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ،

މި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަތުމާ އެއްކޮޅަށް ވޯޓް ދެއްވީ އެންމެ ފަސް މެންބުންނެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގައި ބުނެފައި ވަނީ އައިލެންޑް އޭވިއޭޝަނަށް 2020ވަނަ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވާ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް 159 މިލިއަން ރުފިޔާގެ ގެއްލުންވެ، ކުންފުނި މިއިން ޒަމާނަކު ވެސް ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާ ކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެ ކުއްލި މައްސަލައިގައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މޯލްޑިވިއަންއަށް 2020 ވަނަ އަހަރު 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފައިވާ އިރު މައި ކުންފުނި އައިލެންޑް އޭވިއޭޝަނަށް އެސްބީއައިއިން ދޫކޮށްފައިވާ އޯވަޑްރާފްޓް ފެސިލިޓީ ދަރަނީގެ އަދަދު 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށް، މި ލޯންތައް ނެގުމަށް މޯލްޑީވިއަންގެ 6 މަތިންދާ ބޯޓު ގްރައުންޑް ކޮށްފައިވާތީ އެމްއޭސީއެލްއަށް ވެސް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް ވެސް ބުނެފައެވެ.

މިހާރު ވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީން 15އާއި 18 މިލިއަން ރުފިޔާ ލޯނު ނަގައިގެން ކަމަށާއި ކުންފުނީގެ ހާލަތު މިހާ ދަށު ދަރަޖައަށް ވެއްޓިފައި އޮތުމުން މޯލްޑިވިއަންގެ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަގްވާމީ މިންގަނޑުތައް ދަމަހައްޓަން ޖެހޭ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް