Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފި، މިދިޔަ ހަފްތާގައި 400 ވޭދަނަ

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފި، މިދިޔަ ހަފްތާގައި 400 ވޭދަނަ

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ކޮންމެ ހަފްތާއަކު އާއްމު ކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން 405 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

މިދިޔަ ހަފްތާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 231 މީހުންނަކީ މާލެއިން ފައްސިވީ މީހުންނެވެ. އަދި 95 މީހުން އަތޮޅު ތެރެއިން ފައްސިވިއިރު 79 މީހުންނަކީ ރިސޯޓްތަކުންނާއި މީހުން ދިރިއުޅޭ އެހެން ތަންތަނުން ބައްޔަށް ފައްސިވި މީހުންނެވެ.

Advertisement
HDC — Sidebar (box)

މިދިޔަ ހަފްތާގައި ކޮވިޑް-19 ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ޖުމްލަ 300 މީހުން ނިޔާވެެފައި ވެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 180،384 ވަނީ އަރައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް