ޚަބަރު

އާސްކް ސްޕީކަރއާ އެކު ރައީސް ނަޝީދާ ސުވާލު ކުރުން ޖޫން 30ގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"އާސްކް ސްޕީކަރ"ގެ ފަސް ވަނަ ޕްރޮގްރާމް ޖޫން 30ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ އެ އިދާރާގެ ރައީސް މުހައްމަދު ނަޝީދު، ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބާއްވާ "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ ޖޫން 30ވަނަ ދުވަހުގެ ރޭގަނޑު 09:00ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ.

މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވާނެއެވެ.

ރައީސް ނަޝީދާ ސޯޝަލްމީޑިއާ މެދުވެރިކޮށް ސުވާލު ކުރުމަށް ބޭނުންފުޅުވާ ފަރާތްތައް ސުވާލު ޕޯސްޓް ކުރައްވާއިރު #AskSpeaker ބޭނުން ކުރެއްވުމަށް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ. އަދި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމުގެ ފުރުސަތު 30 ޖޫންގެ މެންދުރުފަހު 02:00އާ ހަމައަށް ހުޅުވައިލެވިފައިވާ ކަމަށާއި، ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރެއްވުމަށް ބޭނުންފުޅުވާ ސުވާލު މަޖިލީހުގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566އަށް ފޮނުއްވުމަށް އެދިފައިވެއެވެ.

Ads by HDC
  1. ނަޝީދުގެ ކޮސް ގޮވުން ތި ޕްރޮގްރާމްގަ އޮންނާނީ