ޚަބަރު

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ، މިދިޔަ ހަފްތާގައި 1202 މީހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ހަފްތާގައި 1202 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ފާއިތުވި ދެ ހަފްތާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އަނެއްކާ ވެސް މައްޗަށް ޖެހެން ފަށައިފައެވެ.

މިިދިޔަ ހަފްތާގައި 1202 މީހަކަށް މި ބަލި ޖެހުނުއިރު އެންމެ ގިނަ މީހުންނަށް ބަލިޖެހިފައި ވަނީ 22 ޖޫންގައެވެ. އެ ދުވަހު 237 މީހަކަށް ބަލި ޖެހިފައިވެއެވެ.

މިދިޔަ ހަފްތާގައި މާލެއިން މި ބައްޔަށް ފައްސިވެފައި ވަނީ 528 މީހުންނެވެ. އަތޮޅު ތެރެއިން 452 މީހަކަށް ބަލި ޖެހިފައިވާއިރު، އިތުރު ތަންތަނުން 222 މީހަކަށް ވަނީ ބަލިޖެހިފައެވެ. އަދި 51 މީހަކު ވަނީ ބަލި ޖެހިގެން އެނދުމަތިކޮށްފައެވެ.

ކޮވިޑް-19 އަނެއްކާ ވެސް ފެތުރެން ފަށައިފައިވާތީ، އާންމު ތަންތަނުގައި މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!