ބޮލީވުޑް މުނިފޫހިފިލުވުން

އާލިއާ އިނީ ބަލިވެ، ނީތޫއަށް އެ ޚަބަރު ފުރަތަމަ ލިބުނީ ނޫސްވެރިންގެ ފަރާތުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޯޑެއް ކަމަށްވާ އާލިއާ ބަޓްއާއި ރަންބީރް ކަޕޫރަށް ދަރިއަކު ލިބެން އުޅޭ ކަމަށް އެމީހުން އިއުލާނު ކޮށްފިއެވެ.

Ads by STELCO

އާލިއާ އިނީ އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ބަލިވެކަން އިއްޔެ އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައެވެ. އެގޮތުން އޭނާ ވަނީ ބަނޑުގެ ސްކޭނެއް ހަދަމުންދާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ރަންބީރްގެ ފަހަތުން ނަގައިފައިވާ އެ ފޮޓޯގައި އާލިއާ ފެންނަނީ ވަރަށް އުފާވެރިކޮށެވެ. އަދި އެ ފޮޓޯގެ ކެޕްޝަނަކަށް އާލިއާ ލިޔެފައި ވަނީ، އެމީހުންގެ ދަރިއެއް ވަރަށް އަވަހަށް އަންނަން އުޅޭ ކަމަށެވެ.

ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރުމުން އިންޑަސްޓްރީގެ ވަރަށް ގިނަ ފަންނާނުން ވަނީ އެ ދެމަފިރިންނަށް ތަހުނިޔާ ފޮނުވައިފައެވެ.

މާމައަކަށް ވާން އުޅޭކަމުގެ ޚަބަރު ލިބުމުން ރަންބީރްގެ މަންމަ ނީތޫ ކަޕޫރްއަށް ކުރެވެނީ ކޮންކަހަލަ އިހުސާސެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ބުނީ ބުނެދޭން ނޭނގޭހައި އުފާވާ ކަަމަށާއި ނަމަވެސް އޭނާއަށް އެ ޚަބަރު އެންމެ ފުރަތަމަ ލިބުނީ ވެސް ނޫސްވެރިންގެ ފަރާތުން ކަމަށެވެ.

ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އާލިއާއާއި ރަންބީރް ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް މަހުގެ 14ވަނަ ދުވަހުގައެވެ.

Ads by HDC
  1. މިއާ

    މިބައިގަނޑު ނެތިކުރައްވާށި!