Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެން އަންނާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް: ރިޔާޒް

ދެން އަންނާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް: ރިޔާޒް
ﷲގެ އިރާދަފުޅުން ދެން ވެރިކަމަށް އަންނާނީ ޖުމްހޫރީ ޕާޓީން ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ. ރިޔާޒް މިހެން ވިދާޅުވީ، ރޭ ޖޭޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުންނެވެ. އޭނާ ވިދާޅުވީ، ޖޭޕީއަކީ އަބަދުވެސް އެ އިރެއްގައި ގައުމަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ޕާޓީއެއް ކަމަށާއި ޖޭޕީގެ ވެރިކަމެއްގައި އެއްވެސް ބަޔަކު މާޔޫސްވާން ނުޖެހޭނެ ކަމަށެވެ. އެގޮތުން ޖޭޕީގެ ވެރިކަމެއްގައި ޒުވާނުންނަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށާއި ޖޭޕީން ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދެން މި ގައުމުގައި އުފެދިގެން ދާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް. އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން." ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ވެރިކަމަށް އަންނަ މީހެއްގެ ވިސްނުން ހުންނަން ޖެހޭނީ ދެވަނަ ދައުރެއް ހޯދުމަށް ނޫން ކަމަށާއި މިއީ ގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް ކަމަށެވެ. އެ މަގުން ކަންކަން ކޮށްގެން ދުވަހަކު ވެސް ގައުމު ހަމަޔަކަށް ނޭޅޭނެ ކަމަށާއި ނަމަވެސް ފަސް އަހަރު ދުވަހުގެތެރޭ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވެރިއަކަށް ހުންނަ މީހާ ފުރިހަމަކޮށްދީފި ނަމަ ކެމްޕޭނަކަށް ވެސް ދާން ނުޖެހި ރައްޔިތުން ދެވަނަ ދައުރަކަށް ވެސް އެމީހާ ވެރިކަމުގައި ގޮނޑީގައި ބައިންދާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"ޔަގީނުން ވެސް މި ފުރުސަތު މި ޕާޓީގެ ލީޑަރަށް ލިބިއްޖެނަމަ އުފަލުން ރައްޔިތުން އައިސް ބުނާނެ ދެން ވެސް އިށީންނާށޭ ތި ގޮނޑީގައި. އެހެންވީމަ މި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި ގައުމުގެ ވެރިކަމަށް ގެންނަން މަސައްކަތް މިކުރަނީ." އޭނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް ވަނީ ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ކެނޑިޑޭޓެއް ނެރޭނެކަން އިއުލާން ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް