އިންޑިއާއިން ލަންކާއަށް ސްކޮލަޝިޕްތަކެއް ދީފި

އިންޑިއާއިން އަވަށްޓެރި ސްރީލަންކާއަށް ސްކޮލަޝިޕްތަކެއް ދޭން ނިންމިކަން އިއުލާންކޮށްފިއެވެ.
އެ ގައުމު މިހާރު އޮތް ދަތި ހާލަތުން އަރައިގަތުމަށް ތަފާތު އެކި ގޮތްގޮތުން އެކި ދާއިރާތަކުން އެހީވަމުން އަންނަ އިންޑިއާއިން ދޭން ނިންމީ މި އަހަރާއި އަންނަ އަހަރަށް ހާއްސަކޮށްގެން އަންޑަގްރެޖްއޭޓް، ޕޯސްޓް ގްރެޖްއޭޓް އަދި ޕީއެޗްޑީ ފެންވަރުގެ ސްކޮލަޝިޕްތަކެވެ. މީގެ ތެރޭގައި ޔޯގާއާއި އަޔޫރްވެދާ އަދި ހޮމިއޮޕެތީ ފަދަ ދާއިރާތަކުން ސްކޮލަޝިޕްތައް ހިމެނެއެވެ.
ލަންކާގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ ސްކޮލަޝިޕްތައް ހާއްސަކުރި ދާއިރާތަކަކީ އެ ގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ހަމަޖެއްސި ސްކޮލަޝިޕްތަކެއް ކަމަށެވެ. އަދި މި ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވައިލައި އަންނަ މަހުގެ 15ހަމައަށް ވަނީ ސުންގަޑި ދީފައެވެ.
އިންޑިއާއިން ލަންކާއަށް ތައުލީމީ ދާއިރާއިން އެހީވާން ދޭން ނިންމި ސްކޮލަޝިޕްތަކަކީ ކިޔެވުމުގެ ހުރިހައި ހަރަދެއް ލިބޭ ގޮތަށް ދީފައިވާ ސްކޮލަޝިޕްތަކެކެވެ.