ޚަބަރު

3 ހާސް މެންބަރުން ހަމަނުކުރެވުނު ލޭބާ ޕާޓީ އުވައިލައިފި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް/ ފޮޓޯ: އަވަސް

ގާނޫނުގައި ސިޔާސީ ޕާޓީއެއްގައި ހަމަވާން ޖެހޭ ވަރަށް މެންބަރުން ހަމަނުވާތީ އުވައިލާން ނޯޓިސް ފޮނުވައިގެން ވެސް 3000 މެންބަރުން ހަމަ ނުކުރުވެމުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވައިލައިފިއެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ވިދާޅުވީ، މެންބަރުން ހަމަ ކުރުމަށް ޕާޓީތަކަށް ދިން ތިން މަސް ދުވަހުގެ މުއްދަތު، މި މަހުގެ 14ވަނަ ދުވަހަށް ހަމަވިއިރު، ލޭބާ ޕާޓީއިން އެ އަދަދު ހަމަކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ޕާޓީ އުވައިލާން ނިންމައި، ޕާޓީން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށާއި ޕާޓީތައް އުވައިލުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް މިހާރު އަންގަވައިފައިވާ ކަމަށް އިލެކްޝަނުންސް ވިދާޅުވިއެވެ.

އީސީން ނޯޓިސް ފޮނުވި ޕާޓީތަކުގެ ތެރޭގައި ލޭބާ ޕާޓީގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އާއި (އެމްއެލްއެސްޑީޕީ)އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނެއެވެ.

ލޭބާ ޕާޓީ ނޫން އެހެން ހުރިހައި ޕާޓީއަކުން ވަނީ އީސީން ދިން މުއްދަތުގެ ތެރޭގައި ޕާޓީއަށް 3000 މެންބަރުން ހަމަކޮށްފައެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!