Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރޮޒައިނާގެ ރައްދު ނަޝީދަށް: އެމްޑީޕީއަށް އަދި ޤައުމަށް ވެސް ރަނގަޅު ގޮތަކީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވުން

ރޮޒައިނާގެ ރައްދު ނަޝީދަށް: އެމްޑީޕީއަށް އަދި ޤައުމަށް ވެސް ރަނގަޅު ގޮތަކީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއާއި ގައުމަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެންމެ ރަގަޅު ގޮތަކީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވާދަ ނުކުރުންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށެވެ. "ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށް ވެސް އަދި ޤައުމަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް." ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ، ފެހި ޤާނޫނު އަސާސީގެ ދަށުން މިހައިތަނަށް އިންތިޚާބުވި ވެރިންގެ ތެރެއިން އެންމެ އިހުލާސްތެރިކަމާ އެކު ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެއްވީ ރައީސް ޞާލިހުކަމަށެވެ.
ރަނގަޅު ހެޔޮ ލަފާ ވެރިޔަކު ލިބުމުން އެމީހަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. ފެހި ޤާނޫނު އަސާސީއާ އެކު އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ޞާލިހް. ހަމަޖެހުމަށް ލޯބިކުރާ ވެރިއެއް ބޭނުމީ.
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ރައީސް ނަޝީދާއި، ރައީސް ޞާލިޙް މަސައްކަތް ކުރައްވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ދެ ބޭފުޅުން ވަނީ ހާމަކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް