Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުދަ އެރި ވަގުތު ފެންފުށީ ތުނޑިއަށް ފޮޓޯ ނަގަން ދިޔަ ޒުވާނަކު ގެއްލިގެން ހޯދަނީ

އދ.ފެންފުށީ ތުނޑީ ސަރަހައްދުގައި އުޅެނިކޮށް މޫސުން ގޯސްވެ، އެރި ރާޅަކާ އެކު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންފުށީ ތުނޑީ ސަރަހައްދުގައި ދެ މީހަކު ގެއްލުނު ކަމަށާއި، އޭގެ ތެރެއިން އެކަކު ފެނިގެން އޭނާއަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގެއްލުނު ދެވަނަ ޒުވާނާ ހޯދުމަށް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޑިންގީތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި މިހައިތަނަށް މިމަސައްކަތުގައި އޭނާ ފެނިފައި ނުވެއެވެ.

Advertisement
Allied Insurance — Square (box)

މިޒުވާނުން ތުނޑީގައި ތިއްބަައި މޫސުން ގޯސްވެ އުދަބާނިގަނޑުގައި ޖެހުމުން ޒުވާނުން ވަނީ އެއްގަމަށް އެރުމަށް މަސައްކަތް ކޮށްފައެވެ. އެސަރަހައްދުގައި މި ޒުވާނުން ތިބީ ފޮޓޯ ނެގުމަށްކަމަށް މައުލޫމާތު ލިބެއެވެ. އޭރު އެސަރަހައްދުގައި 4 ޒުވާނުން ތިއްބެވެ.

ގެއްލުނު ދެ ޒުވާނުންގެ ތެރެއިން މަރުކަޒުގައި ފަރުވާ ދެމުންދާ ޒުވާނާ އިތުރު ފަރުވާއަށް ފުރުވައިލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް