Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފެންފުށިން ގެއްލުނު ދެ ޒުވާނުން ވެސް ފެނިއްޖެ، ހާލު ސީރިޔަސް

އދ.ފެންފުށީ ތުނޑީ ސަރަހައްދުގައި އުޅެނިކޮށް މޫސޫން ގޯސްވެ، އެރި ރާޅަކާ އެކު ގެއްލުނު ދެ ޒުވާނުން ފެނިއްޖެއެވެ.

ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މީގެ ކުރިން ފެނިފައިވާ އިރު، ގެއްލުނު ދެވަނަ މީހާ ވެސް މިހާރު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ދެ މީހުންނަށް ވެސް އެ ރަށު ސިއްޙީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ދެ ޒުވާނުންގެ ހާލު ވެސް ސީރިޔަސް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް