މާލެ ސިޓީ މިސްކިތްތަކުގެ އާބާތުރަ ފިލުވަން 13 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައިި މާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމާއި ބޭރާއި އެތެރެ ކުނިކެހުން އަދި މަރާމާތު ކުރަން ޖެހިފައިވޭތޯ ބެލުން އެއީ ކޮންމެ ދުވަހަކު އެ ކައުންސިލުން ކުރަމުން އަންނަ ކަމެކެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް 13 މިލިއަން ރުފިޔާ ބޭނުންވެއެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައިވާއިރު އިތުރު ފައިދާ ހޯދުމަށް ދައުލަތުގައި އެދިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މާލޭގެ މިސްކިތްތަކުގެ ތެރެއިން 6 މިސްކިތެއް ތިން މިލިއަން ރުފިޔާ ހަރަދުކޮށްގެން އާއްމުންގެ އެހީގައި މަރާމާތު ކުރަމުން އަންނައިރު ސިޓީ ކައުންސިލްގެ އާމްދަނީން އެއް މިލިއަން ވަނީ މިސްކިތްތައް މަރާމާތު ކުރަން ހާއްސަކޮށްފައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، މާލެ ސިޓީގެ އެންމެ ޒީނަތްތެރި ބިނާތަކަކީ މިސްކިތްތަކަށް ހެދުން. އިސްލާމީ ތައުލީމާއި ތަރުބިއްޔަތުގެ މަރުކަޒުތަކަށް މިސްކިތްތައް ވުން. ސީސީޓީވީ ނިޒާމުން ހުރިހައި މިސްކިތެއް ގުޅާލައި ނިމުނީމަ 24 ގަޑިއިރު މިސްކިތްތަކުގެ އެތެރެއާއި ބޭރު މޮނިޓަ ކުރަމުން ގެންދާނަން. މިސްކިތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭނަން" މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާލެ ސިޓީގެ މިސްކިތްތައް ސީސީޓީވީ ކެމެރާއިން ގުޅައިލާން ކުރެވެމުން އަންނަ މަސައްކަތުގެ 90 އިންސައްތަ މިހައިތަނަށް ނިންމައިލެވިފައިވާ ކަމަށާއި މި މަހުގެ ތެރޭގައި މާލެ-ވިލިމާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް ނިންމައިލެވޭނެ ކަމަށެވެ،
މިސްކިތްތަކުގެ މަރާމާތަށް ފައިސާ ހޯދަން ޝަހީމްގެ މިނިސްޓަރ ކަމިގަ ބިނާކުރި ބިލްޑިނގް އަށް ލިބޭ ފައިސާ އަށް ހަދަނީ ކހިނެއްބާ. އަންނިގެ ވެރިކަމުގަ މިސްކިތް ތަކުގެ އާބާތުރަ ނުފިލުވާ ހުރުމުން ވަހީދުގެ ވެތިކަމުގައި ޝަހީމް ޓެލެތޯންއެއްބާއްވައި ފައިސާ ހީދައިގެން މިސްކިތްތައް މަރާމާތުކުރީ
އޭގެ ފަހުގަ ދާއިިމީކޮށްް ފައިސާ ލިބޭގޮތަށް ކުއްޔަށް ދޭނެ ބިލްޑިންގ އެއް އިމާރާތް ކުރީ
“މިސްކިތްތަކުގެ މަރާމާތަށް ފައިސާ ހޯދަން ޝަހީމްގެ މިނިސްޓަރ ކަމިގަ ބިނާކުރި ބިލްޑިނގް އަށް ލިބޭ ފައިސާ އަށް ހަދަނީ ކހިނެއްބާ. އަންނިގެ ވެރިކަމުގަ މިސްކިތް ތަކުގެ އާބާތުރަ ނުފިލުވާ ހުރުމުން ވަހީދުގެ ވެތިކަމުގައި ޝަހީމް ޓެލެތޯންއެއްބާއްވައި ފައިސާ ހީދައިގެން މިސްކިތްތައް މަރާމާތުކުރީ
އޭގެ ފަހުގަ ދާއިިމީކޮށްް ފައިސާ ލިބޭގޮތަށް ކުއްޔަށް ދޭނެ ބިލްޑިންގ އެއް އިމާރާތް ކުރީ ” މިކަން ހަނދާން ކޮއްދިނުމަކީ ވ އުފާވާކަމެއް.