ޚަބަރު އިޖުތިމާޢީ

ލިވާތުގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: ޑރ.އަނާރާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ.އަނާރާ ނަޢީމް

ލިވާތު ނުވަތަ އެއް ޖިންސުން ގުޅުން ހިންގުމުގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އިސްލާމިކް އޯގަނައިޒޭޝަން ފޯރ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ޖެންޑާ އެންޑް ސޯޝަލް އެފެއާޒްގެ ނައިބު ރައީސް ޑރ.އަނާރާ ނަޢީމް ގޮވައިލައްވައިފިއެވެ.

Ads by STELCO

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ.އަނާރާ ވިދާޅުވީ ލިވާތުކުރުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ބަލިމަޑުކަން ކަމަށެވެ. އަދި އެއީ އިންސާނީ ފިޠުރަތާ ޚިލާފުކަމެއް ކަމަށާއި އެކަމުން މުޖުތަމައު ސަލާމަތްކުރަން ކުރެވެން ހުރި ކަންކަން ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މާލޭގެ ގެއެއްގެ ކޮޓަރިތެރޭގައި ބަޔަކު ލިވާތުކުރާ މަންޒަރު ފެންނަ ވީޑިއޯތަކަކާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއިން އެކަކީ ގ.ކެނެރީގޭ ނާޒިމް އަބްދުއްސައްތާރުކަމަށް ބެލެވޭ މީހެކެވެ. އޭނާއާ އެކު ލިވާތުކުރިކަމަށް ބުނަނީ ބަނގްލަދޭޝްގެ ޒުވާނެކެވެ.

މީގެ އިތުރުން ވެސް ބައެއް މީހުންގެ ވީޑިއޯތަކެއް ވަނީ ލީކްވެފައެވެ.

ސޯޝަލްމީޑިއާގައި މިފަދަ ހުތުރު ވީޑިއޯތައް ދައުރުވާތީ އަނާރާގެ ވާހަކައިގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެފަދަ ވީޑިއޯތައް ޕްރޮމޯޓް ނުކުރުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.

މީގެ އިތުރުން އަނާރާ ވަނީ ކުށްކުރާ ފަރާތްތަކަށް ދޭންޖެހޭ އަދަބުދީ, ރަނގަޅު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ. އަދި އެފަދަ ކަންކަމަށް އަވަސް ސަމާލުކަމެއްދީ, ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC
  1. ދިވެހި ޒުވާނުން

    އަންހެނުންގެ ބުރި މަސްނޫއީ ހަށި ބޭނުން ކޮށްގެން އަންހެނުން ބޭނުން ކުރުމާއި ފިރިހެނުން އަނބި މީހާގެ ނުވަތަ އަންހެނުންގެ ބުރި ބޭނުންކުރުމާއި ފިރިހެނުން ފިރިހެނުންގެ ބުރި ބޭނުން ކުރުމަކީވެސް ލިވާތު ކުރުން މި ކަންކަން ކުރުން ހުއްޓާލައި އެންމެން ރީތި މަގުން ހަލާލު ގޮތުގައި އަނބިފިރި ކަމުގެ ގުޅުން ހިންގަންޖެހޭ

  2. އަސްލަމް

    އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރާ ފަސްގަނޑެއްގައި ހިތްހަމަޖެހުމާއި އަނމާންކަމެއް ނޯންނާނެކަމަށް ހަބަރުދެއްވާފައިވަނީ.. އަމިއްލަ ގާނޫން ހަދައިގެން އެޔަށް އަމަލުކުރުމުގެ ނަތީޖާ ފެނިގެން މިދަނީ..

  3. އަދުރޭ

    ގަބޫލުކުރަންދަތި ބިލްތައް ވަނީބޮޑު ބިލްކުރާރޭޓުވަނީބޮޑު ޙިދުމަތައް އެދެފިނަމަ އަހަރުވާއިރުވެސް އެކަމެއްނުވޭ ދޭޙިދުމަތައްނަގާއުޖޫރަ ކުރަނީ ބޮޑު މާދަމާ ނަގަން ފަށާނީ ސާޗާޖު ރައިއްޔަތުން ވާނީހަފުސް (ފިރުމާލާފަ ކަނާތުން ތިޖެހީ މޫނުގަވާތުން) ޖަމީލާ ހަސަނު ލަވައިގާހަމަބުބާގޮތައް ދެއްތޯ