ޚަބަރު ޝަރުޢީ ދާއިރާ

ރިޟްވާނާއި ޔާމިނުގެ މަރު: ހައްޔަރުކުރި މީހުންގެ މައްސަލަ ޕީޖީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގެއްލުވާލައިފައިވާ ނޫސްވެރިޔާ ރިޟްވާން ޢަބްދުﷲ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ބްލޮގަރު ޔާމިނު ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވައިފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ 26 ގައި ހައްޔަރުކޮށްފައި ވަނީ އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ)އާއި, އަޙްމަދު މުޢާޒް (ގަޓު މުއާ)އާއި, އަޙްމަދު އިސްމާޢީލް (އަހަނދު)އެވެ. އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓު ނިންމެވީ ޝަރީއަތް ނިމެންދެން ތިން މީހުން ވެސް ބަންދުގައި ބޭތިއްބުމަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މަރައިލައިފައިވާ މީހުންނާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަ ބަލަން އުފެއްދި މަރު ކޮމިޝަނުން މިހާރު އެ މައްސަލަތައް އެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ. އެ ގޮތުން އެ މައްސަލަތަކާ ގުޅިގެން ޕީޖީ އޮފީހުން މަޝްވަރާދެމުންދާ ކަމަށާއި ފުލުހުންގެ ތަހްގީގު ކުރިއަށް ގެންދަނީ އެ އޮފީހުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ވީނުވީތަނެއް ނޭނގި ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅުނީ 2014ވަނަ އަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގައެވެ. މިއަދާ ހިސާބަށް އައިއިރު ވެސް މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެރޭގެ މެންދަމުގެ ވަގުތެއްގައި ތޫނު އެއްްޗަކުން ހަމަލާދީ މަރައިލި ސ.ފޭދޫ/ޗަބޭލީގޭ ޔާމިން ރަޝީދުގެ މަރުގެ މައްސަލައަށް ވެސް އިންސާފެއް ހޯދައި ދެވިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!