ޚަބަރު

އެއްޖިންސުން ގުޅުން ހިންގުން އާއްމުވާއިރު، ސަރުކާރުން އޮތީ ކުޅިބަލަން: އުމަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލިވާތު ކުރުމަކީ (އެއް ޖިންސުން ގުޅުން ހިންގުމަކީ) ބޮޑުކަމެއް ނޫން ކަމަށް ދައްކާ ރާއްޖޭގައި އެލްޖީބީޓީ ފެތުރުމަށް މަސައްކަތް ކުރެވެމުންދާއިރު ސަރުކާރު ފެންނަނީ ކުޅިބަލާ ތަން ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން ފެތުރުމަށް ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައެވެ.

"ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި LGBT ފެތުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. މި މަސައްކަތުގައި، ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ ޖަމާއަތްތައް ވެސް ހިމެނެއެވެ." އުމަރުގެ ޕޯސްޓްގައި އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާއިމް ކޮށްފައި ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ މީހަކު ވެސް އެފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދު ކުރަން ޖެހޭނެއެވެ. ނުވަތަ އެ މީހަކު ފޮނުވައިލާން ޖެހޭނެއެވެ.

ކޮންމެ ގައުމެއްގައި ވެސް އެ ގައުމަކުން ގަބޫލުކުރާ ދީނީ އަދި އަހްލާގީ މިންގަޑުތަކެއް ހުންނާނެ. އެ މިންގަޑުތައް ދިފާއުކޮށް އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް،

އުމަރު އިތުރަށް ވިދާޅުވީ ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި، ރޭޕް ގިނަވުމާ، ހަށިވިއްކުމާއި، ކުޑަކުދިންނާ މެދު ބަދު އަޚުލާގީ އަމަލު ހިންގުން ފަދަ ކަންކަން އާންމުވަމުން އަންނައިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި ކަމަށެވެ.

ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި ރޭޕް ގިނަވުމާއި ހަށިވިއްކުމާއި ކުޑަކުދިންނާ މެދު ބަދު އަހްލާގީ އަމަލު ހިންގުން ފަދަ ކަންކަން މި ދަނީ އާންމު ވަމުން. މި ހުރިހާ ކަމެއް ފެންނަމުންދާއިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި

Ads by HDC
  1. އަބޫ

    ޢުމަރު ތިޔަވިދާޅުވަނީ ވަރަށް ރަނގަޅު ވާހަކަފުޅެއް. ހުރި ހިތާމައެއްގެ ބޮޑުކަމާ. ގައުމެއްވާނެތް!

  2. ދިވެހި ރައްޔިތުން

    ތިކަމަކީ އަދު ފެށިގެންދާ ކަމެއްނޫން ތިކަން ވަގުތުން ވަގުތަށް ހުއްޓުވަންޖެހޭ.

    • ސޭޓް

      ވ ރަގަޅު ވާހަކައެއް
      އެކަމު ކުންފީގެ މުވައްޒަފުންނަށް މުސާރަ ވެސް ދޭންވާނެ ދޯ

  3. ޢާދަނުބެ

    ޢުމަރުކަަލަ ސަހުސިއްޔަތެއް މި ގައުމުގެ ވެރިކަަމަށް ގެނެސްގެން ނޫނީ މި ގައުމު ދެން އިސްލާހެތް ނުވާނެ މި ހުރިހާކަމެތް ވެގެން ދާއިރުވެސް މި ގައުމުގަ ވެރިޔަކަށްހުރި ބޭފުޅަޔަށް ކަމެތްވާހެންވެސް ހީނުވޭ އޭގެ ބަދަލުގަ އަމިއްލަ އެދުން އިސްކޮށް ވެރިކަން ނިމެންވާއިރަށް ނުކުރެވި ހުރި އަމިއްލަ ކަންކަން ކުރެވޭތޯ ބަލަމުން އެދަނީ