Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަސްގެފާނު ސަލްމާންގެ ދައުވަތަކަށް ރައީސްގެ ދެ ކަނބަލުން ޙައްޖަށް

ރަސްގެފާނު ސަލްމާންގެ ދައުވަތަކަށް ރައީސްގެ ދެ ކަނބަލުން ޙައްޖަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، އަނބިކަބަލުން ފަޒްނާ އިބްރާހީމް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ ދައުވަތެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިތުރު ތަފްސީލް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ރައީސް ޙައްޖަށް ވަޑައިގަންނަވާއިރު، މިއީ ޤައުމުން ބޭރު މީހުންނަށް ދެ އަހަރަށް ފަހު ހައްޖު ކުރެވޭ ފުރަތަމަ ފަހަރެވެ.

Advertisement
Allied — Dhen Online (box)

މިދިޔަ މަހު ސައުދީ ރަސްގެފާނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ފޮނުއްވާ ސިޓީ ހިއްޕަވައިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ޤައުމަށް ވަޑައިގަންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ. ސިޓީގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް މި އަހަރު ސައުދީން ދޫކޮށްފައިވަނީ އެންމެ 453 ކޯޓާއެވެ. މިއީ ކޮވިޑާ ގުޅިގެން ހައްޖުގެ ކޯޓާ މަދުކުރި ކުރުމެކެވެ. މި އަހަރު ޙައްޖު ކޯޓާ ދޫކޮށްފައި ވަނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފަހު ގްރޫޕް ރޭ ވަނީ ފުރައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް