ވިޔަފާރި

ސްޓެލްކޯއަކީ ރައްޔިތުން ގަބޫލުކުރާ ހިދުމަތެއް ދޭ ކުންފުންޏަކަށް ހަދާނަން: ޝަރީފް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އަޙްމަދު ޝަރީފް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯއަކީ ދިވެހިރައްޔިތުންގެ މެދުގައި މަގުބޫލު އަދި ރައްޔިތުން ގަބޫލުކުރާ ހިދުމަތެއް ދޭ ކުންފުންޏަކަށް ހައްދަވާނެ ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަރީފް މިފަދައިން ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަދު ފެށި ކަސްޓަމާ ސާވިސް އެކްސެލެންސް ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ކުންފުންޏަށް 25 އަހަރު އަދި ހިދުމަތް ދޭތާ މިހާރު 70 އެތައް އަހަރެއް ވެފައިވާއިރު، ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ ގޮތްތައް މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން، ކަރަންޓާ ގުޅިގެން ދިމާވާ އެކިއެކި މައްސަލަތަކުގައި ސްޓެލްކޯއަކީ "ހިންގޭ ތަނެއް ނޫން" ކަމަށާއި އެ ތަނުގެ މުވައްޒަފުންނަކީ "ތަންދޮރު ދަންނަ ބައެއް ނޫން" ކަމަށް ކަސްޓަމަރުން ބުނެ އުޅޭ ކަމަށެވެ.

މިކަމާ ދޭތެރޭ ސްޓެލްކޯގެ މުވައްޒަފުން ވިސްނައި، މި ސަގާފަތް ބަދަލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިކަން ވާނީ ބަދަލުކުރުމުގެ ހެޔޮ ނިޔަތެއް އޮންނަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެމުން މި ގެންދާ ހިދުމަތުގެ ފެންވަރު މަތިކޮށް، ވައްޓަފާޅި ބަދަލުކުރަން ޖެހޭ، އަދި މި ކުންފުންޏަކީ ރައްޔިތުންގެ ކުރިމަތީގައި މަގުބޫލު، ރައްޔިތުން ގަބޫލުކުރާ ހިދުމަތެއް ދޭ ކުންފުންޏަކަށް އަޅުގަނޑުމެން ހަދާނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ސްޓެލްކޯއަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ޓަކައި މުވައްޒަފުންނާ ގުޅިގެން އެމްޑީގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!