ޚަބަރު

ލަތީފްގެ މަސައްކަތް ހަނދާނެއް ނުނެތޭނެ: އެމްޑީޕީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި ހެޔޮ ވެރިކަމެއް ޤާއިމް ކުރުމަށް ޓަކައި އެމް.ޑީ.ޕީގެ ބާނީ ކަމުގައިވާ މުޙައްމަދު ލަޠީފު (ގޯގޯ ލަޠީފު)އަކީ ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއްކަމުގައި އެމްޑީޕީން ބުނެފިއެވެ.

Ads by STELCO

ލަތީފް އަވަހަރާވުމުގެ ހިތާމައިގައި މިރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އޭނާގެ ވަކިވުމަކީ ޕާޓީއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ. އަދި އެމްޑީޕީއަށް އޭނާ ކޮށްދެއްވީ، އަގު ނުުކުރެވޭނެ ފަދަ އަގުހުރި ހިދުމަތްތަކެއް ކަމަށް އެ ޕާޓީންގެ ބަޔާނުގައި ވިދާޅުވިއެވެ.

"ލަޠީފަކީ، އެމް.ޑީ.ޕީ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފަންކޮށް ޕާޓީއިން އަދާހަމައަށް ހޯދައިފައިވާ އެންމެހައި ކާމިޔާބީތަކުގެ އެއް ބާނީ. އަދި އެންމެމުހިންމު އެއް ބައިވެރިޔާ" އެ ޕާޓީގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމަށް އެމްޑީޕީން އިސްނަގައިގެން ފެށި މަސައްކަތުގެ އެއް މޭސްތިރިއަކީ ލަތީފް ކަމަށާއި އަދި އެއީ ޕާޓީގެ އެންމެހައި މެންބަރުންގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށެވެ.

ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއް ގާއިމުކުރުމަށް ކުރެއްވި ބުރަ މަސައްކަތުގައި ލަތީފަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ހާލަތަކީ މި ޕާޓީގެ އެއްވެސް މެންބަރެއްގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނެ ކަމެއް ނޫން. އޭނާ ވެވަޑައިގެންނެވި ގުރުބާނީއަކީ ގައުމުގައި ހެޔޮވެރި ކަމެއް ގާއިމުކުރުމަށް އެމްޑީޕީން އިސްވެ އޮވެ ފެށި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ގުރުބާނީއެއް. އަދި އެގޮތުގައި ކުރިއަށް ދިޔުމުގައި ލިބުނު އެންމެ ބޮޑު އެއް ހިތްވަރެއް

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި 2004ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު އިޢުލާނު ކުރެއްވި ބޭފުޅަކީ ލަޠީފެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!