ޚަބަރު ޝަރުޢީ ދާއިރާ

ނުކުޅެދޭ އަންހެނަކު ރޭޕްކުރި ދެ މީހުން 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީ ހިތަދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕްކުރި ދެ މީހުން 15 އަހަރަށް ޖަލަށްލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by STELCO

އައްޑޫ ސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގައި ދައުވާ އުފުލީ މާލެ, ދަފްތަރު ނަންބަރު 963, މަޚްތޫމް މޫސާ ދީދީއާއި, ސ.ހިތަދޫ, ޒަހާމަންޒިލް, ޢަލީ ޝިމާޢު ޒުބައިރުގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލީ ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރޭ ބުނީ އެ މީހުންގެ މައްޗަށް އުފުލި ދަޢުވާ ސާބިތުވެއްޖެކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައި މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުގައި އެ ދެމީހުން 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!