Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދެފައި އެއްތާކު ޖެހުމުން ރައީސް ޞާލިޙަށް ބޮޑު ހަނގުރާމަ ދުވަސްވަރު ޚަރަދު ބެލެހެއްޓި ގޮތް އޮޅުންފިލުވައިދެން ޖެހޭ: ސައީދު

ދެފައި އެއްތާކު ޖެހުމުން ރައީސް ޞާލިޙަށް ބޮޑު ހަނގުރާމަ ދުވަސްވަރު ޚަރަދު ބެލެހެއްޓި ގޮތް އޮޅުންފިލުވައިދެން ޖެހޭ: ސައީދު

ޚަރަދުތައް ކުޑަކުރަން ސަރުކާރުން ގޮވައިލި ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚަރަދުތައް ކުޑަ ނުވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުނު ގޮތުގައި ތަފްސީލް ހާމަ ކުރުމާ ވެސް ގުޅުވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ބޮޑު ތަދުގެ ތެރޭގައި ވެސް ސަރުކާރުގެ ހަރަދުތައް ބެލެހެއްޓި ގޮތް ވެސް ބަޔަކު ރައީސް ޞާލިޙަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށެވެ.

އަދި ރައީސް އުޅުއްވަނީ އެއްތާކު ދެ ފައި މަޑުނުޖެއްސެވިގެން ކަމަށް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

"އިރުއިރުކޮޅާ ތަންތަނަށް ފުރަފުރައިގެން ނުގޮސް ދެފައި އެއްތާކު ޖެހޭނެ ދުވަހެއް ލިބުމުން މިކަން އަވަސް ކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

ރައީސް ޞާލިޙް މިހާރު ހުންނެވީ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވުމަށް މައްކާގައެވެ. މީގެ ހަފްތާއެއް ކުރިން ރައީސް ޞާލިޙް ވަނީ ރުވާންޑާއެއް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް