Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުރިޔަށް އޮތީ މޫސުން ގޯސް، ކަނޑުގަދަ ދުވަސްތަކެއް

ކުރިޔަށް އޮތީ މޫސުން ގޯސް، ކަނޑުގަދަ ދުވަސްތަކެއް

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ވިދާޅުވީ ހުކުރު ދުވަހުން އާދީއްތަ ދުވަހަށް އުތުރާއި މެދުރާއްޖެތެރޭގައި އާއްމު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ހޯމަ އަންގާރަ ދުވަހު އެކި ހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

Advertisement
Ooredoo — Square (box)

މެޓް އޮފީހުން ވަނީ ހުރިހައި ފަރާތްތަކަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ބަލައި، މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް