އެންމެފަހުން ރަނިލް އިސްތިއުފާ ދެއްވަން ނިންމައިފި
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާދެއްވަން ނިންމަވައިފިއެވެ.
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ރަނިލްގެ ގެކޮޅަށް ޢާއްމުން ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް ރަނިލް އިސްތިޢުފާދެއްވަން ނިންމަވައިފައި ވަނީ އެ ޤައުމުގެ ސިޔާސީވެރިންނާ ބައްދަލުކުރެއްވުމަށް ފަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވައިލާން ވެސް މަޝްވަރާކޮށްފައި ވެއެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ވެރިރަށް ކޮލަމްބޯގައި އިތުރު މުޒާހަރާތަކެއް ބޭއްވުމުން އެ ރަށުގައި ވަނީ ކާފިޔު އިޢުލާންކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ އަމުރަށް ބެލުމެއް ނެތި ރެކޯޑު ޢަދަދެއްގެ ބަޔަކުވަނީ މަގުމައްޗަށް ނުކުމެފައެވެ. އެންމެ ފަހުގެ މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ.