Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޞާލިޙް ވެރިއެއްގެ ކުފޫ ހަމަވޭ: ރާއީ

ރައީސް ޞާލިޙް ވެރިއެއްގެ ކުފޫ ހަމަވޭ: ރާއީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ލަންކާގެ އިޤްތިޞާދީ ހާލަތު ގޯސްވެ، ސިޔާސީ ހަމަނުޖެހުމެއް އުފެދިފައިވާ މި ދަނޑިވަޅުގައި ރާއީ ވަނީ ރާއްޖެ ،ލަންކާ ފަދަ ހާލަތަަކަށް ނުދިޔައީ ރައީސް ޞާލިޙްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

"ކޮވިޑުގެ އެއްމެ ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅުތަކަކީ، މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ އަވަށްޓެރި ގައުމު ލަންކާގެ ހާލަތަށް މިގައުމު ނުދިއުމުގެ އަސްލެވެ. ވެރިއެއްގެ ކުފޫހަމަވޭ" ރައީސް ޞާލިޙަށް ފާޑު ވިދާޅުވާ ބޭފުޅުންނަށް އަމާޒު ކުރައްވާ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑާއި، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތައް ރާއްޖެއަށް ވެސް ދަނީ އަންނަމުންނެވެ. މިގޮތުން ރާއްޖޭގެ ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިކަމާ ހުރެ ރައްޔިތުންގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް