ޚަބަރު އިޖުތިމާޢީ

ލަންކާގައި އުޅޭ ދިވެހިން ނުރައްކަލުގެ ތެެރެއަށް ވައްޓައިލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވޭ: އަލީ ރަމީޒް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ނުރައްކަލުގެ ތެެރެއަށް ވައްޓައިލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވާކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލީ ރަމީޒް މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގެންފައިވާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.

ލަންކާގެ ރައްޔިތުން އެ މަނިކުފާނާ ދެކޮޅަށް ނިކުތުމުން ކުރިމަތިވެފައިވާ ފިއްތުންތަކާ ގުޅިގެން މިއަދު އިސްތިއުފާ ދެއްވަން ހަމަޖެހިފައިވާ ގޮޓަބަޔަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ރޭ ދަންވަރުއެވެ. ގޮޓަބަޔަ ދަތުރުކުރެއްވި އަސްކަރީ މަތިންދާ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން ފުރަތަމަ ދީފައިނުވާ ކަމަށާއި އަސްކަރީ މަތިންދާ ބޯޓު ޖެއްސީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މެދުވެރިވެގެންކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ގޮތުން އަލީ ރަމީޒް ވިދާޅުވީ ދިވެހި ރައްޔިތުންނާއި ލަންކާ ރައްޔިތުންނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރުވާލައި ލަންކާގައި ދިރިއުޅޭ 16000 ދިވެހި ރައްޔިތުން ނުރައްކަލުގެ ތެެރެއަށް ވައްޓައިލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށެވެ.

Ads by Ooredoo
  1. އަސްލިު އެއްޗެއ ނުބުނަނ މ އިންނަނީީ. އެކަމަކ މިހާރ ދެނ ބުނެލާނަން

    އަލީީ ރަމީޒ ސިޔާސ ކަންކަމ ބެހެނ އެކަމ މެދ ފިކުރ ހިންގާތީބ؟ އާޙިރަތަށްވުރ ދުނިޔެ އިސްވީބ.. އަހަލ އެނގ. ނ އޮފެންސް

    • ގަމާރާ ސިޔާސަތާ ދީނާ ވަކި ނުކުރެވޭނެ. ސިޔާސަތު އައިސްފަ އޮތީ ދީނުގެ ތެރެއިން. ސިޔާސީ ކަންކަމަށް ފާޑު ކިޔޭނެ ކޮންމެ މީހަކަށްވެސް. ތިކަހަލަ ގަމާރުން އެކަނި ސިޔާސީ ކަންކަމުގަ އުޅެތީ ގައުމު ހަލާކު ވެގެން މިދަނީ.

  2. ލަވަ އަލީ

    ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްކޮށް އެތާ ތިބި މީހުން ނުރައްކަލަށް ވައްޓާލުން ހަމަ އޯކޭ؟ ބޭރުގެ ސަފީރުންގެ ނުރައްކަލަށް ވައްޓާލުން އޯކޭ! އެހެން ގައުމު ތަކުގަ ތިބި ދިވެހިންނަށް ނުރައްކާ ވިޔަސް އޯކޭ؟ ސިޔާސީ ވިޔަސް ފުކެއް ބޮޑުވަރު!

  3. މިސޮރު ކޮންމެވެސް ކަމަކާ އެބަހިތާވޭ

  4. ޙަސަނޫ

    މިކަލޭގެއަށް ނުފެނޭ އިންޑިއާ އައުޓުގޮވާ އެތަނުގަތިބި ދިވެހިން ބިރުވެރިކަމެއްގެތެރެ އަށް ވައްޓަލިތަން. ކުރީގެ ރައީސް ޔާމީނު ވައްކަން ކުރިކަން ސާބިތުނުވެޔޯ. ދެން ނާޒިމް ސައްތާރުމެން ލިވާތުކުރިކަން ސާބިތުވީތަ. އަޅިހަމީދުގެވެސް އޮތީވީޑިއޯއެއް. ކީއްވެއެވާހަކަ ނުދެއްކީ. ޒިނޭހުއްދަވީތަ.

    • ސަޅި

      ޞަޔަކަށް ސަޕޯޓް ކުރިޔަސް ބޮޑުވަރު….ފާހިޝް އަމަލަކީ ފާހިޝް އަމަލު، މިޤައުމުގަ ސާބިތުވިޔަސް، ނުވިޔަސް

  5. ލަބީޤް މުޙައްމަދު މާހިދު

    ސީރިޔާއަށް ޖިހާދަށް މީހުން ފޮނުވައިގެން މުޅި ދިވެހިރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓައެއް ނުލަންތަ؟

  6. އައްޔަ

    މި ސޮރުވެެސް މިހާރު އެބަ ފުޅާވެ .މަގުތަކުން ހިނގޭވަރަށްވުރެ ފުޅާ ނުވާތި.

  7. ޓާކާ

    ދިވެހިންގެ މީދާކޭ އުނބަށް ސަވާރުވުން

    އެންމެފުރަތަމަ މުހައްމާކަލޯހެން ހަރާމް ހަލާލު ނުބަލާ އާންމުންގެ ހިތްހޯދާލާ. އެއަށްފަހު ރީތި ތުނބުޅިއަކާއެކު ޖުއްބާ ތުރުކުރައްވާ ފަގުޑިގަނޑެއް އަޅުއްވާ.ދެން ތިން ހަތަރު ރާގަށް ގުރުއާނުން ދެތިންއާޔަތް ވިދާޅުވުމަށްފަހު ނަބަވީ ހަދީސް ކޮޅެއް ޓީވީއަށްއަރާ ވިދާޅުވަނިކޮށް ދިވެހިން ގެ އަރުތެރެއިން އެމީހެއްގެ ނަން ދެމިގެން އިސާހިތަކު ހިތުގެ މަޑުމަސްކޮޅާހަމައަށް ވާސިލުވެދާ ހުއްޓެވެ.
    މިހާހިސާބުން މަޖްލިސް ގޮނޑި، މިނިސްޓަރުކަން، އަދި ރައީސްކަން ފަދަ ކަންކުރުމުގެ ފުރުސަތުފަހިވީއެވެ. ފަހުން ހޭވެރިކަންވުމުން ރައްކާވެ ތިބިއްޔާ ދަތުރެވެ ގޮވަމުން ހަޅޭފަޅޭއް ޖަހާށެވެ. ދިވެހިންގެ އާދަކާދަ

  8. ޒިދޫ

    Konmes meehaku Ayya kairee buneba eyna ge YAG india Out govyma india ga ulhey raajeyge 25000 meehun ah nurahkaleh nethytho