ޢިލްމުވެރިން ޖަލުގައި ބައި ތިއްބައިގެން ހުރެ އަނިޔާ ނުދޭ ވާހަކަ ބުނަން ލަދުވެސް ނުގަންނަނީތޯ: ޝައިޚް ސައުދާން
ޢިލްމުވެރިންނާއި އެތަކެއް އަޚުން ޖަލުގައި ހައްޔަރުގައި ބަހައްޓައިގެން ހުރެ އެއްވެސް މީހަކަށާއި ޢިލްމުވެރިއަކަށް އަނިޔާ ނުދޭ ވާހަކަ ވިދާޅުވާން ލަދުވެސް ނުގަންނަނީތޯ އައްޝައިޚް ޢަބްދުﷲ ސައުދާން, ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ އާ ސުވާލު ކުރައްވައިފިއެވެ.
ރޭ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މިކަމަށް ރައްދު ދެއްވަމުން ޝައިޚް ސައުދާން ވިދާޅުވީ އަމިއްލަ ނަފްސު ދިފާޢު ކުރައްވައި, ވޭތުވެދިޔަ 3 އަހަރު ނުކުރާވަރަށް މި 3 ދުވަހު އިމްރާން ޓުވީޓު ކުރައްވައިފި ކަމަށެވެ.
''ޢިލްމުވެރިން ޖަލުގައި އަދި އެތަކެއް އަޚުން ހައްޔަރުގައި ބަހައްޓައިގެން ހުރެ އެއްވެސް މީހަކަށާއި ޢިލްމުވެރިއަކަށް އަނިޔާ ނުދޭ ވާހަކަ ބުނަން ލަދުވެސް ނުގަންނަނީތޯ؟'' ޝައިޚް ސައުދާން ސުވާލު ކުރެއްވިއެވެ.
ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން ރާއްޖޭގެ ހައްޔަރުކޮށްފައިވަނީ އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދެވެ. އެ ދެ ޢިލްމުވެރިން މިނިވަން ކުުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.
ޢަދާލަތުން އިސްލާމްދީން ކުރިއަރުވާނެކަމަށް ވިދާޅުވެ,ވޭތުވެދިޔަ ދެތިން ދުވަހު އިމްރާން ކުރެއްވި ޓުވީޓުތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޝައިޚް ސައުދާން ވިދާޅުވީ މިހާތަނަށް ޢަދާލަތާއި, ޢަދާލަތުގެ ރައީސް ކުރައްވާފައިވާ ޓުވީޓު ތަކުގެ ކޮމެންޓު ބައި ބަލައިލިޔަސް ބަޔަކަށް ޢިބުރަތް ހާސިލުވެ ހެޔޮވިސްނުން ލިބިގެންދާނެ ކަމަށެވެ.
''އަމިއްލަ ނަފްސަށް ކުށެއް ނުފެންނަ މީހަކަށް ކުށް ފެންނާނީ އެހެން މީހުންގެ ކިބައިންނެވެ.'' ޝައިޚް ވިދާޅުވިއެވެ.
އިސްލާމް ދީނަކީ އަނިޔާވެރިވުމާ މީހުންމެރުމުގެ ދީން ކަމުގައި ދެކޭ ބަޔަކީ އިލްމުވެރިންނެއްނޫން. އެމީހުން ޖެހޭނީ ފުރަތަމަ ތައުބާވާން
ޝޭޚަކަސް، ޖާހިލަކަސް ކުށެއްކޮށްފިއްޔާ އަދަބުދޭން ޖެހޭނެ. ޖަލުގައިތިބި ދެ ޝައިޚުންނަކީ ކުށުގެ މާޙައުލުން ފުރިހަމައަށް ބައިވެރިވަނިކޮށް އެތައްބަޔަލަށް ފެނިފައި ތިބި ދެބމީހުން.
ދިވެހިރާއްޖޭގައި ޤާނޫނެއް އެބައޮތް. އިމްރާނަށް ބަވަން ޝއުދާން ލަދުގަންނަން ޖެހޭނެ.
އަދާލަތު އުފެދުނު ފަހުންވެސް ސަރުކާރުން ކުރަމުންދާ މުންކަރާތަކަށް ވަކި ނިމުމެއް ނާދޭ އަދި ވެރިކަމުގެ ތެރޭގައި ތިއްބަސް ހަމަ ކުރިންވެސް ސަރުކާރުގެ ތެރޭގައި ހިންގަމުން އަންނަ ހުރިހާ މުންކަރާތެއް މިހާރުވެސް ހަމަ ކުރިއެކޭ އެއްވެސް ތަފާތެއްނެތި ހިގަމުންދޭ އެއްވެސް ބަދަލެއް ހުއްޓުމެއް ނެތި !
ޢަދާލަތު ވުޖޫދުވި ފަހުން މިރާއްޖޭގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ކަންކަން މާގިނަވެއްޖެ ހެންވެސް ހީވޭ !
އިގިރޭސިން އިންޑިޔާ އިސްތިއުމާރު ކުރަން އެމީހުނަށް ވާގިވެރިވާނެ ދީނީ ޝޭހުން ތަކެއް އިންޑިޔާއިން ހޯދި ރިޝްވަތު ދީގެން އެގޮތުން އިގިރޭސިންނަށް ވާގިވެރި އެކަކީ غلام أحمد قاديانى އޭގެ ފަހުން ޤާދިޔާނީ ފިރުގާ އުފެދި އެއީ އިނގިރޭސިންގެ އެންމެ މަޤުބޫލު މުސްލިމް ފިރުގާގެ ގޮތުގައި ބަލައިގަނެ އެމީހުނަށް ޖަމުއްޔަތުލް ހައިރިއްޔާ ހަދާދީ އިގިރޭސި ވިލާތުގައި ވަޒަންވެރި ކުރުވި ! ޤާދިޔާނީން މިއަދު މުސްލިމް ޤައުމުތަކުގައި އެމީހުންގެ ހަންފަތުރަމުން އެދަނީ !
ހިކުމަތެއްގައި ވެއެވެ. 3 މީހަކަށް ދުވަހަކުވެސް އިތުބާރު ނުކުރާށެވެ. އެއީ:
1. ސިޔާސީ އަކަށް ބަދަލުވެގެން އުޅޭ ނޫނީ އެވައްތަރު ދައްކައިގެން އުޅޭ ދީނީ ޝޭޚެއް
2. ދީނީ މީހަކަށް ބަދަލުވެގެން އުޅޭ ސިޔާސީ މީހާ
3. ދީނުގެ ނަމުގައި ސިޔާސީ ފަތުވާ ނެރޭ މީހާ
މާތް ﷲ މިފަދަ ބަލާވެރިކަމުން މި ދިވެހި އުންމަތް ސަލާމަތް ކުރައްވާ، ރިޒުގު ހޯދާނާ އެހެން ގޮތްގޮތް މިފަދަ ބަލިމީހުނަށް އުގެނުމުގެ ފުރްސަތު ފަހިކޮށްދެއްވާދެޭވެ!! އާމީން.
އިލްމުވެރިންނައްވެސް ކުއްކުރީމަ ކުށުގެ އަދަބު ލިބެންޖެހޭނެ.އެއީ އަނިޔާވެރިވުމެއްނޫން..