ނަހުލާގެ ތުރުކީ ދަތުރުގެ ކެއުމުގެ ޚަރަދަށް 87,000 އަށްވުރެ ގިނަ ރުފިޔާ

ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ މިދިޔަ އަހަރު ތުރުކީއަށް ކުރެއްވި ދަތުރުފުޅެއްގައި ކެއުމުގެ ޚަރަދަށް އެކަނި 87,431 ރުފިޔާ ހޭދަކުރެއްވިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރު އޮކްޓޫބަރުގައި ތުރުކީގައި ބޭއްވި 12 ވަނަ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ވަޑައިގަތީ މިނިސްޓަރު ނަހުލާގެ އިތުރުން ތިން ބޭފުޅުންނެވެ.
ހަތަރު ދުވަހުގެ އެ ދަތުރުފުޅަށް ދީފައިވަނީ ހަމައެކަނި ކެއުމުގެ ޚަރަދުކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ޢަދަދު ނޫހުން އެ ދަތުރުފުޅުގެ މަޢުލޫމާތު ހޯދަން އެދުމުންނެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި 2019 އިން މި އަހަރުގެ މެއިމަހުގެ ނިޔަލަށް ނަހުލާ ކުރެއްވި ދަތުރުފުޅުތަކަށް ދައުލަތުން 1,099,495 ރުފިޔާ ހޭދަކުރިއެވެ. އެއީ ޖުމްލަ 13 ދަތުރުފުޅަށެވެ.







ކޮމެންޓް