Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް ޞާލިޙް އަދި ވަޢުދުވާނެ ބަރަވެލި ކަނޑުގައި މުށިޖަހައިދޭން ވެސް: ހިސްޓޯ

ރައީސް ޞާލިޙް އަދި ވަޢުދުވާނެ ބަރަވެލި ކަނޑުގައި މުށިޖަހައިދޭން ވެސް: ހިސްޓޯ

ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން މޯލްޑިވްސް ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ ) ފާޑުވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ހަފުލާ ޝަރަފްވެރި ކޮށްދެއްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއް ވެސް ހިންގަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ޚިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ. އެ ގޮތުން ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން މިހާރު އިމާރާތް ކުރަމުން މި ގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިކަމަށް ފާޑުވިދާޅުވެ ހިސްޓޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވާތީ ވަޢުދުތައްވެ ވަޑައިގަންނަވަން ފެށީ ކަމަށެވެ.

''އިންތިޚާބު ކައިރިވާތީ ވަޢުދުފަތި އަމުނަން ފެށީތަ؟ ކުރިންވީ ވަޢުދުތައް ކެންސަލްވީ ދޯ؟'' ހިސްޓޯ ސުވާލު ކުރެއްވިއެވެ.

ހިސްޓޯ ވިދާޅުވީ ވެރިކަމުގެ މި ދައުރަށް 5 އަހަރުވެގެން ދާއިރު އެޅުނު ފުލެޓެއް ''ހަމަ ހަރާމުން ހަރާން'' ކަމަށެވެ.

''ތިހެން ގޮސް އަދި ވަޢުދުވާނެ ބަރަވެލި ކަނޑުގައި މުށި ޖަހައިދީ ކޮންމެ ގެއަކަށް މާމުއިން ވަޅެއް ރާނައިދޭން ވެސް'' ހިސްޓޯ ފާޑުވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް