ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފި

މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފިއެވެ.
ޙައްޖުވެރިންގެ ފުރަަތަމަ ގުރޫޕް ރާއްޖެ އައީ މިއަދު ހެނދުނު 10:10ގައެވެ. މިއަދު ރާއްޖެ އައީ 157 ޙައްޖުވެރިންނެވެ.
ރާއްޖެއިން މި އަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ.
ބާކީ ތިބި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އިތުރު ދެ ފްލައިޓެއްގައެވެ. އެ ދެ ފްލައިޓް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގައާއި އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.
ހޮނިހިރު ދުވަހުގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިންނެވެ. އަދި ބުދަ ދުވަހުގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.
ކުރިޔައްއޮންއަހަރުކޮންއުމުރަކައް ދެވެނީ