ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" ދެ ދުވަހަށް ދިޔައީ. އުމައިރްގެ މާ ގާތް ރައްޓެއްސެއްގެ ކައިވެނި އޮތީޔޯ. އެހެންވެ އެ ކައިވެންޏަށް އެއްޗެހި ގަންނަން ވެގެންނޯ ފުރީ". ކުލްސޫމް ނުހަނު ފޯރީގައި ދެއްކި އެވާހަކަ ދެއްކި ނަމަވެސް ނަވަލްގެ ޝައުގެއް ނެތެވެ. ހަމައެކަނި ހޫމް އަޅުވާލީއެވެ.

Ads by STELCO

*****************************

ސޯފާގައި އިން މަހީންގެ ސަމާލުކަން ހޯދީ ގެއަށް ވަން ޔާޒްއެވެ. ދެއަތުން ކޮތަޅުތަކެއް ހިފަހައްޓައިގެން ހުރިއިރު އެ މޫނުން ދާ ތިކިތައް ވިދަމުން ދިޔައެވެ. އޭނާ އައިސް އިށީނީ ސޯފާގައެވެ.

" ކޯއްޗެއް ގަނެގެން ދަރިފުޅު ތި އައީ؟". މަހީން ޔާޒް ކައިރިއަށް ޖެހިލިއެވެ. އަަދި ކޮތަޅުތަކުގައި ހުރި ތަކެއްޗަށް ނަޒަރު ހިންގާލިއެވެ.

" ފޮތި ކޮޅެއް. ރީތިތަ؟ މަންމައަށް ވެސް ގަތިން. ކަމުދޭތަ؟". ޔާޒް ކޮތަޅުން ނެގި ކަޅު ފޮތިގަނޑު ދައްކާލަމުން މަހީން ގާތު އަހާލިއެވެ. ފޮތިގަނޑުގައި އަތް ކާއްތާލުމަށްފަހު މަހީން ބޯ ޖަހާލިއެވެ. ނަމަވެސް އެ މޫނުގައި އެކުލެވިގެންވީ ހައިރާންކަމުގެ ކުލަވަރެކެވެ.

" ހާދަ ބައިވަރު ފޮތްޗެއް މިއީ؟ ހަތަރު ވަރަކަށް މުށުން ވެސް ދަރިފުޅަށް ފެހޭނެ ރީތިކޮށް". މަހީން ފޮތި ތަކަށް ބަލަން އިނުމަށްފަހު ބުނެލިއެވެ. އެއާއެކު ޔާޒް ހަދިޔާކޮށްލީ ހިނިތުންވުމެވެ.

" އަޅުގަނޑަށް އެނގޭ މަންމާ. މި ވިސްނަނީ ދިގު ކޮށް ހެދުން ފަހަން. ކީކޭ މަންމަ ބުނަނީ؟ އަޅުގަނޑާ ގުޅޭނެތަ؟". ޔާޒް އަހާލިއެވެ.

ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ޔާޒް ވަރަށް ވިސްނިއެވެ. އޭގެ ސަބަބުން ކުރިން އެނގެން ބޭނުން ނުވާ އެތައް ކަމެއް ދަސްކުރަން އެ ހިތް އެދުނެވެ. ގޫގްލް އަދި ޔޫޓިޔުބް މެދުވެރިކޮށް މުސްލިމް އަންހެނާގެ އައުރައާ ބެހޭ އެތައް ދަރުހަކާއި ލެކްޗަރުތަކެއް އަޑު އެހިއެވެ.

އެ ހުރިހާ ދުވަހު ބުުރުގާ އަޅައިގެން އުޅުނު ނަމަވެސް ހަގީގަތުގައި ނަފްސުގެ ރީތިކަން ރައްކާތެރި ނުކުރެވޭކަން އިހްސާސްވި ހިނދު ޔާޒްއަށް ކުރުވީ ތަފާތު އިހްސާސެކެވެ. ކުޑަހެން ހީވި ނަމަވެސް އެ ފާފައިގެ ބޮޑުކަން އެނގުނެވެ. އެއާއެކު ޔާޒްގެ އެންމެ ބޮޑު ބޭނުމަކަށްވީ އޭނާގެ އެ އާދަ ބަދަލުކުރުމެވެ.

" ކީއްވެ ދަރިފުޅާ ނުގުޅެންވީ. މަންމަ ފަހައިދޭނަން ". މަހީން ބުނެލިއެވެ. ޔާޒް ޝުކުރު އަދާކޮށްލުމާއެކު މަހީން ބަލާލީ ފާޑަކަށެވެ. ޔާޒްގެ އުޅުމަށް އައިސްފައިވާ ބަދަލުތައް މަހީންއަށް ފާހަގަކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމާ ގުޅިގެން ސުވާލެއް ކުރަން ބޭނުން ނުވީ އެއީ ހެޔޮ ބަދަލު ތަކަކަށްވާތީއެވެ. ނަމަވެސް ހިތުގައި ކުޑަ ބިރުވެރިކަމެއް ވެސް ވިއެވެ. ޒަމާން ބަދަލުވެފައި ވީތީއެވެ. ޓީވީތަކުންނާއި ނޫސްތަކުން އަބަދާއިއަބަދު އިވޭ ވާހަކަ ތަކުންނެވެ. އެފަދަ މަގަކުން ޔާޒް ނުދޭތޯ މަހީންއަށް ހިތާ ހިތުން ދުއާ ކުރެވުނީ އިސްލާމީ ރީތި ސިފަތަކުން ޔާޒްގެ ހިތުގައި ނޫރެއް ލައްވަވާތޯ އެދެމުންނެވެ.

******************

ހަފްތާއެއް ފާއިތުވި އިރު ނަވަލްގެ މިޒާޖަށްވީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގިނަ ވަގުތު ހިޔާލަކަށް ގެއްލިފައި އިންނަ އިރު އެކަނިވެރިކަން ވީ ގާތް އެކުވެރިއަކަށް ވެފައެވެ. ހުއްޓުމެއްނެތި ކައިސަންއަށް ގުޅުމަށް އޭނާ ކުރަމުންދާ މަސައްކަތަށް ކުޑަ ވެސް ކުރިއެރުމެއް ނުލިބުނީތީ އެ ހިތް ވީ މާޔޫސްވެފައެވެ. ވިސްނަން ބޭނުން ނުވިޔަސް ކައިސަން އެގޮތަށް ކަންތައް ކުރަންވީ ސަބަބަކާމެދު ވިސްނެއެވެ. އެއީ ލޯބި ނޫންހެން ހީވިޔަސް އެކަން ގަބޫލު ކުރަން ނަވަލް ބޭނުމެއް ނޫނެވެ.

އޭނާ ކައިސަން ދެކެ ލޯބިވީ ހިތާ ފުރާނައިންނެވެ. އިތުބާރު ކުރީ އަމިއްލަ ނަފްސަށް ވެސް އިތުބާރު ނުކުރެވޭ މިންވަރަށެވެ. އޭގެ ސަބަބުން ކައިސަންއަށް ޓަކައި ހަށިގަނޑު ވެސް ހަދިޔާ ކުރެވުނީއެވެ. ކައިސަންގެ އެނދު ފަޅު ފިލުވާލަދިން އެއްޗެއް ކަމުގައި އޭނާގެ އިއްފަތްތެރިކަން ހެދީއެވެ.

" އާހ. އަހަރެން މޮޔަ ވެދާނެ. ޕްލީޒް އާންސާ ކައި. ކިހާ ވަރަކަށް ގުޅިއްޖެ. އެޓްލީސްޓް އަހަރެންގެ މެސެޖަކަށް ރިޕްލައި ކުރެވިދާނެ އެންނު". ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ނަވަލް އެނދުގައި އިށީނެވެ. އޭނާއަށް ސިހުމެއް ގެނުވީ އެނދުމަތީ އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފުންމައިގެން ގޮސް ފޯނު ނެގީ ކައިސަންގެ ފޯނު ކޯލެއް ކަމަށް ހީކޮށެވެ. ނަމަވެސް ތުން ދަމާލެވުނީ ސްކްރީނަށް އަރާފައިވާ ޔެލިޒްގެ ނަން ފެނުމުންނެވެ.

" ކީކޭ ލިޒް؟". ފޯނު ކަންފަތުގައި ޖައްސާލަމުން ނަވަލް ބެލީ ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ. މި ހުރިހާ ކަމެއް ހިނގި އިރުވެސް ޔާޒްއާއި ޔެލިޒް ގާތު ނުބުނީތީ އެ ދެ ޒުވާނުން ރުޅި އަންނާނެ ވަރު ނަވަލްއަށް އަންދާޒާ ކޮށްލެވުނެވެ. އެހެންކަމުން އެ ވާހަކަތައް އެ ކުދިންނާ ހިއްސާ ކުރުން އެއީ މާ މުހިންމު ކަމެއް ކަމުގައި ނަވަލް ނުދެކުނެވެ.

" ނަވަލް ކޮންތާކު ތި އުޅެނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ. ބޮޑު ވާހަކައެއް ދައްކަން މި ވަރަށް މި ގުޅަނީ". ޔެލިޒް ބުނެލިއެވެ.

ނަވަލް ބުނީ ބަލިވެ އުޅުނު ވާހަކައެވެ. ދޮގެއްގެ މައްޗަށް ދޮގެއް ހަދަމުން ދިޔައިރު އެ ކަން މާ ބޮޑު ކަމަކަށް ވިހެން ހިއެއް ނުވެއެވެ. ދެން ނަވަލް އަހާލީ ޔެލިޒް ދައްކަން އުޅެނީ ކޮން ވާހަކައެއް ތޯއެވެ.

" ގުޅައިގެން ދައްކާ ކަހަލަ ވާހަކައެއް ނޫން. ހަވީރު ތި ގެއަށް ދަންތަ ޔާޒްއާ ދެމީހުން". ޔެލިޒް އަހާލިއެވެ. ދެން ހޭދަވީ ހިމޭން ކަމުގެ މިނިޓެކެވެ. ނަވަލް ވިސްނާލީއެވެ. އުމައިރްގެ ޖަވާބު އަންނާނެ ގޮތް ނަވަލްއަށް އެނގެއެވެ. އެހެންކަމުން ދާވޫދް ކައިރިން ހުއްދަ ހޯދަން ނިންމައިގެން ނަވަލް އެދުނީ ހަވީރު ޔެލިޒް އައުމަށެވެ.

*************************

ބޮޑު ކޮޓަރިއެކެވެ. ވަށާ ފާރުތަކުގައި ހުދު ކުލަ ހުރިއިރު ކޮޓަރީގެ ހުރިހާ ފަރުނީޗަރެއް ވެސް ވީ އެ ކުލައިންނެވެ. އެއް ފާރު އެއްކޮށް އަލަމާރި އެއް ހުރިއިރު އަނެއް ފާރުގައި ހުރީ ބޮޑު ކުޑަ ދޮރެކެވެ. ކުޑަދޮރުގެ ފޮތިގަނޑު ވެސް ވީ ހުދު ކުލައިންނެވެ. ކުޑަދޮރާ ދިމާ ތިރީގައި ބެހެއްޓިފައިވި ބޮޑު ކިންގް ސައިޒް އެނދުގައި ބަންޑުން އޮށޯވެ އޮތީ އަރްޔަންއެވެ. ފޯނުން ބަލަމުން ދިޔަ ފޮޓޯ ދެތިން ފަހަރު އޭނާ ޒޫމް ކޮށްލިއެވެ.

ފޮޓޯ އިން ފެންނަން ހުރީ ނަވަލް ކަމުގައި އޭނާ އަދިވެސް ގަބޫލު ކުރަން ބޭނުން ނުވަނީއެވެ. ފޮޓޯ ފޮނުވާފައި އޮތީ ސޭވް ނުކޮށް އޮތް ނަންބަރަކުންނެވެ.

ފޮޓޯއިން ފެންނަން ހުރީ ހޮޓެލެއްގެ ކޮޓަރިއެއްކަން އަރްޔަންއަށް އެނގެއެވެ. އެނދުގައި އޮށޯވެ އޮތް ޒުވާނާގެ މޫނު ނުފެނުނު ކަމުގައި ވިޔަސް ރަޖާގެ ދަށުގައި އޮތް އަންހެން ކުއްޖާގެ މޫނު ރީތިކޮށް ފެންނަން ހުއްޓެވެ. އެއީ ނަވަލް ހެން ހީވި ނަމަވެސް އަރްޔަންއަށް އެކަން ގަބޫލުކުރަން އުނދަގޫވީ އެހެންވެއެވެ. ނަވަލް އެފަދަ ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރްޔަންއަށް އެބަ އޮތެވެ.

އުމައިރް ކައިރީ އެވާހަކަތައް ބުނަން ބޭނުން ވިޔަސް އެ ހިތްވަރެއް އޭނާގެ ނެތެވެ. ބުނެވޭ އެއްޗަކުން އެކުވެރިކަމުގެ ގުޅުން ކެނޑެން އަރްޔަން ނޭދެއެވެ. ނަމަވެސް އެ ފޮޓޯގެ ހަގީގަތް ހޯދަން އަރްޔަން ބޭނުމެވެ. އެ ފޮޓޯ ފޮނުވި މީހާގެ މަގްސަދާމެދު އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

ވިސްނުމަކަށް ގެއްލިފައި އިނދެ އަރްޔަން ގުޅާލީ ފޮޓޯ ފޮނުވާފައި އިން ނަންބަރަށެވެ. އޭނާގެ ސުވާލުތަކަށް ޖަވާބު ލިބޭނޭ ހަމައެކަނި ގޮތަކީ އެއީކަން އަރްޔަން އަށް އެނގެއެވެ.

" ހެލޯ". ފޯނު ދެތިން ފަހަރު ރިންގު ވުމާއެކު އެކޮޅުން ޖަވާބު ދިނެވެ. ފިރިހެންވަންތަ އެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު އަރްޔަންގެ ބުމަ ކައިރި ކޮށްލެވުނެވެ. ކޮންމެވެސް ގޮތަކުން އޭނާއަށް އެ އަޑު އެނގޭހެން ހީވިއެވެ. ސިކުނޑިއަށް ބާރުލައިގެން ވެސް އަރްޔަންއަށް އެއީ ކާކުކަން އެނގޭ ގޮތް ނުވުމުން އެ މީހާއާ ސުވާލު ކޮށްލިއެވެ.

" ކަލެއަށް މި ދައްކާލީ ކުޑަ މިންވަރެއް. ވަޓް ގޯސް އެރައުންޑް.. އިޓް ކަމްސް ބެކް". އެކޮޅުން ވާހަކަ ދެއްކި ޒުވާނާ ބުނެލިއެވެ. އެ އަޑުގައިވީ ނަފްރަތާއި ރުޅި ވެރިކަން އިހްސާސް ވުމާއެކު އަރްޔަންއަށް ހިންދިރުވާލެވުނެވެ. ކާކުކަން ނޭނގުނު ނަމަވެސް އެ މީހެއްގެ ބޭނުން ކޮންމެވެސް ވަރަކަށް އަރްޔަން އަށް ވިސްނައިގަނެވުނެވެ.

" ތީ ކާކު؟". އަރްޔަން އަހާލިއެވެ.

" އަހަރެން މީ ކާކުކަން އެނގެން މާ ގިނަ ދުވަހެއް ނެތް. ކުޑަ ދުވަސްކޮޅަކު އިންތިޒާރު ކޮށްލާ. އުމައިރްއާ އަރްހަމްއަށް އަހަރެންގެ ސަލާމް". އެހެން ބުނުމާއެކު ފޯނު ކެނޑިއްޖެއެވެ. ދެން އަރްޔަން ގުޅި އިރު އެ ނަންބަރަށް ގުޅޭ ގޮތެއް ނުވިއެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހިތް ނުތަވަސްކަމުން ފުރާލައިފިއެވެ. ކޮޓަރީގަ ހިފާފައިވާ ފިނި ކަމުގެ ތެރެއިން ވެސް ނިތްކުރިން ދާ ތިކިތައް ވިދަން ފެށިއެވެ. މާޒީގެ ދުރު ހަނދާނެއް ސިކުނޑިއަށް ވެރިވާން އުޅުމާއެކު މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ.

" ޖީން". އަރްޔަންގެ ދުލުން ބޭރުވީ ނަމެކެވެ. އެއާއެކު އޭނާއަށް މޫނުގައި އަތް ހިންގާލެވުނެވެ. ތުރުތުރު އަޅަމުން ދިޔަ އަތުގެ އިނގިލިތަކުން ފޯނުގައި ޖަހަން ފެށީ ނަންބަރު ތަކެކެވެ.

************************

ހަވީރު ފަހެއް ޖަހަން ކައިރިވެފައި ވަނިކޮށް ގޭގެ ބެލް ޖަހާ އަޑު އިވެން ފެށިއެވެ. ތިން ފަހަރު ބެލް ޖެހި އިރު ވެސް ނަވަލް ދޮރު ހުޅުވަން ނައުމުން އެންމެ ފަހުން ސޯފާގައި އިން ކުލްސޫމް ތެދުވިއެވެ. މި ގަޑީގައި އަންނާނީ ކޮން ބައެއްކަން އެނގޭތީ މޫނު ފޮތި ކޮޅު ވައްޓާކަން އޭނާ ނޫޅުނެވެ.

" ކުލްސޫމައްތަ. ކޮބާ ނަވަލް". ދޮރުން އެތެރެއަށް ބޯ ދިއްކޮށްލަމުން ޔެލިޒް އަހާލިއެވެ.

" ނަވަލް ވެއްޖެ ކޮޓަރީގަ. ދެކުދިން ދޭބަލަ މައްޗަށް ". ގަދަކަމުން މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ކުލްސޫމް ބުނެލިއެވެ. ކިތަންވެ ވަރަކަށް އެ ދެ ކުދިން ބަލައިގަންނަން ބޭނުންވިޔަސް އެކަމެއް ކުލްސޫމްއަށް ނުކުރެވުނެވެ. އެއީ ނަވަލްއާ އެކަށީގެންވާ ވަރުގެ ރަނގަޅު ކުދިން ނޫނޭ ހިތަށް އަރާ ކޮންމެ ފަހަރަކު ކުލްސޫމްގެ ތަބީއަތް ގޯސްވެއެވެ.

އެނދުގައި އޮތް ނަވަލް ބޯ ހިއްލާލީ ދޮރު ހުޅުވާލި އަޑަށެވެ. އޭރު ޔެލިޒްއާ ޔާޒް އެތެރެއަށް ވަންނަނީއެވެ. އަވަސް ހަރަކާތަކާއެކު ނަވަލް ލޯ ފުހެލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމާއެކު ނަފްސު ހަމައަކަށް އަޅުވާލި ނަމަވެސް ނަވަލްގެ އެ ހަރަކާތް ޔާޒްއާއި ޔެލިޒްއަށް ސިއްރެއް ނުވިއެވެ.

" ނަވަލް. ބަލީތަ؟ ވަޓްސް ރޯންގް؟". އެނދުގައި އިށީންނަމުން ޔެލިޒް އަހާލިއިރު އެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ. ޔާޒް ވެސް އިން ގޮތުން އޭނާ އިނީ ނަވަލްގެ ޖަވާބެއްގެ އިންތިޒާރުގައި ކަން އެނގެއެވެ.

" މާ ބޮޑު ކަމެއް ނުވޭ. ބޮލުގަ ރިއްސާތީ މި ދުވަސްކޮޅު މި އުޅެނީ. ހީވަނީ ދުނިޔެ ވަށައިގެން އެނބުރޭހެން". ތެދުވަން މަސައްކަތް ކުރަމުން ނަވަލް ބުނެލިއެވެ.

" ބޭސް ކައިފިންތަ؟ ކުލްސޫމައްތައަށް އެނގޭތަ؟". ނަވަލްގެ ބުރަކަށްޓާއި އެނދުގެ ހެޑް ބޯޑާ ދެމެދަށް ބާލީސް ލައްވައިދެމުން ޔާޒް އަހާލިއެވެ. ނަވަލް ދެ ފަރާތަށް ބޯ ހޫރާލުމާއެކު އޭނާއަށް ކުސް ތަޅާލެވުނެވެ.

" މަންމަ ކައިރީ ބުނެފިއްޔާ މާ ކަންތައް ބަޮޑު ކޮށްލާނެ. މި އެވަރު ކަމެއް ނޫން. ބޭސް ކާލީމަ އޯކޭ ވާނެ". ނަވަލް ބުނެލިއެވެ.

އެކަމާ ގުޅިގެން އިތުރު އެއްޗެކޭ ބުނަން ޔާޒް ގަސްތު ނުކުރީ ކިތަންމެ ވަރަކަށް ބުންޏަސް ނަވަލް ގޮތްދޫނުކުރާނެކަން އެނގޭތީއެވެ.

" ދެން ބުނެބަލަ؟ ލިޒް ކޮން ވާހަކައެއް ދައްކަން އުޅުނީ ". ނަވަލް އަހާލުމުން ޔެލިޒްގެ މޫނުގެ ކުލަ އޮއްސުނެވެ. މޫނުގައިވި ލުއި ހިނިތުންވުން ފޭދި ހިމޭންކަން ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ގޮތުގައި މިނިޓެއް ވެސް ހޭދަ ނުވިއެވެ. އޭނާ މޫނަށް ވެރިކޮށްލީ އުފާވެރި ހިނިތުންވުމެވެ.

" އައި އެމް ގެޓިންގެ މެރީޑް". އަޑަށް ބާރުލާފައި ޔެލިޒް ބުނެލުމާއެކު ނަވަލްއާއި ޔާޒްއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ ހައިރާންވެ ތިބެއެވެ.

= ނުނިމޭ =

Ads by Allied Insurance
  1. މަރީ

    ރީއްޗޭ ރީއްޗޭ އެކަމަކު ކުރޭ ކުރޭ. ތިހެން ނުހަދާ ޕްލީޒް

  2. ޚުުމެ

    ޙަަަދަކުރެެ

  3. ނައު

    މާޝާﷲ. ނެކްސްޓް އެޕިސޯޑު ކޮން ދުވަހަކުން ؟

  4. އައިންތު ހަމީ

    ދެން ލިޔާ ބައި ދިގު ކޮށް ގެނެސސދީ މާސާ. ވާހަކަ ރީތި.

  5. ޔޫޔޫ

    ތަންކޮޅެއް ދިގުކޮށް ގެނެސްދޭނަމަ. ކިޔާ ހިތުން އިންދާ ކޮންމެ ދުވަހަކު ނިމެނީ.