ީދެ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދަނ

ދެ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި މިއަދު ވޯޓުލާން ފަށައިފިއެވެ.
މިއަދު ކުރިއަށްދަނީ އައްޑޫ ސިޓީ ހިތަދޫ އަދި ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުމެވެ.
މި އިންތިޚާބުގައި ޖުމްލަ 16 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އޭގެތެރެއިން ފަސް ވޯޓު ފޮށި ނޫނީ ދެން ހުރި ފޮށިތަކަށް 08:00 ޖެހިއިރު ވަނީ ވޯޓުލާން ފަށާފައިކަމަށް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
މި ދެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނާއި ސަރުކާރު ހިންގާ މައި ޕާޓީއާއި މިދިޔަ އަހަރު އުފެއްދި އެމްއެންޕީގެ ކެންޑިޑޭޓުން ވާދަކުރެއެވެ.