ޚަބަރު

މިނިވަން ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ: މެޓް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި މަހުގެ 26 ވާ މިނިވަން ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

Ads by STELCO

އެ އިދާރާއިން ބުނީ 26 ވާ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި, ނަމަވެސް މި މަހުގެ 26 އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު މެދު ރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މޫސުން ރަނގަޅުވާނެ ކަމަށެެވެ.

އޭގެ އިތުރުން އޮގަސްޓު މަސް ފެށިގެންދާއިރު އަނެއްކާ ވެސް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އެކަމަކު ޖުމްލަ ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވުމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!