އައްޑޫ ސިޓީ ހިތަދޫ ޑަބްލިޔުޑީސީ ބައި އިލެކްޝަނުގައި އެމްޑީޕީ ބަލިކޮށް ޕީޕީއެމްއިން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި އެމްޑީޕީ ބަލިކޮށް ޕީޕީއެމްއިން އިންތިޚާބު ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވި މި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ފާޠިމަތު ނަޒީހާއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އާމިނަތު ޝާހިދާއެވެ.
12,142 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ނަޒީހާ ކުރި ހޯއްދެވީ ޖުމްލަ 567 ވޯޓާއެކުއެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިލެއްވީ 426 ވޯޓެވެ.
އިންތިޚާބުގައި 1,007 މީހުން ވޯޓުލިއިރު ބާޠިލް ވޯޓުގެ ގޮތުގައި ގުނާފައިވަނީ 14 ވޯޓެވެ.
އެމްޑީޕީ 1ް1000 މީހުން ވޯޓްލާން ނުނުކުމެ.. ޕީޕީއެމް އެންމެން ވޯޓްލާގެން ކިރިޔަކިރިޔާ ތ ހޮވުނީ