ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ހިލޭ ގުޅޭނެ ނަންބަރެއް ތަޢާރަފުކޮށްފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހިލޭ ގުޅޭ ނަންބަރެއް އިއްޔެ ތަޢާރަފުކޮށްފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ހިލޭ ގުޅޭ ނަންބަރެއް ތަޢާރަފުކޮށްފައި މިވަނީ އެ އޮފީސް އުފެއްދިތާ ދެ އަހަރު ފުރުމާ ދިމާކޮށެވެ.
އޮފީހުގެ ރަސްމީ ޓޯލް ފްރީ ނަންބަރެއްގެ ގޮތުގައި ތަޢާރަފުކުރީ 1656 އެވެ. އެ ނަންބަރު ތަޢާރަފުކުރުމުގެ މަގުސަދަކީ ފަސޭހަކަމާއެކު މައްސަލަތައް ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އެ އޮފީހުން ބުންޏެވެ. އޭގެ އިތުރުން ސިޓީއާއި އީމެއިލް މެދުވެރިކޮށްގެން ނުވަތަ އޮފީހަށް ހާޒިރުވެގެން ވެސް މައްސަލަ ހުށަހެޅިދާނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން
ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް އުފެއްދީ 2020 ވަނަ އަހަރުގެ ޖުލައި 23 ގައެވެ.
އެ އޮފީހުގެ މަސްއޫލިއްޔަތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި, ބައިނަލްއަޤްވާމީ މުއާހަދާތަކަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު ދެނެގަތުމާއި, ކުޑަކުދިންގެ މަސްލަޙަތު ހިމެނޭ މަސައްކަތްކުރާ ދަޢުލަތުގެ އިދާރާތަކާއި މުވައްޒަފުން މޮނީޓާކޮށް އިވަލުއޭޓްކުރުމެވެ.