ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
" ދެން ބުނެބަލަ؟ ލިޒް ކޮން ވާހަކައެއް ދައްކަން އުޅުނީ ". ނަވަލް އެހެން އަހާލުމާއެކު ޔެލިޒްގެ މޫނުގެ ކުލަ އޮއްސުނެވެ. މޫނުގައިވި ލުއި ހިނިތުންވުން ފޭދި ހިމޭންކަން ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ގޮތުގައި މިނިޓެއް ވެސް ހޭދަ ނުވިއެވެ. އޭނާ މޫނަށް ވެރިކޮށްލީ އުފާވެރި ހިނިތުންވުމެވެ.
" އައި އެމް ގެޓިންގެ މެރީޑް". އަޑަށް ބާރުލާފައި ޔެލިޒް ބުނެލުމާއެކު ނަވަލްއާއި ޔާޒްއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ ހައިރާންވެ ތިބެއެވެ.
**********************
" ހްމް ވެރީ ފަނީ. ބިޓެއް ނެގީ ދޯ". ޔާޒް މޫނަށް ވެރިވި ހައިރާންކަން ފިލައި ދިޔުމާއެކު ބުނެލިއެވެ. ޔެލިޒްގެ ކައިވެނި އެހާ އަވަހަށް ނުކުރެވޭނެ ކަން ޔާޒްއަށް ޔަގީންވާ ފަދައެވެ.
" ނޫން. ޔާޒް ގަބޫލެއް ނުކުރާނެ. އަސްލު ވެސް އަހަރެން ކައިވެނި ކުރަން މި އުޅެނީ". ޔެލިޒް ބުންޏެވެ. އެ މޫނުން ފާޅުވާން ހުރި ކުލަވަރުން އެ ހަދަނީ ދޮގެއް ނޫންކަން ޔާޒްއާއި ނަވަލްއަށް ވެސް އެނގުނެވެ.
" ނޯ ވޭ! މި ހުރިހާ ދުވަހު ބޯއީ ފްރެންޑެއް ހުރި އިރު ވެސް އަންގާނުލާ. އައި ތޯޓް ވި އަރ ބެސްޓް ފްރެންޑްސް. ވީ އަރ ސަޕޯސްޑް ޓު ނޯރ އެވްރީތިންގް އެބައުޓް އީޗް އަދަރ ލިޒް". ޔާޒްގެ އަޑުން އޭނާ ނުރުހުނުކަން ނަވަލްއަށް ވިސްނުނު ހިނދު ހިތް ތެޅިލިއެވެ.
" ވެއިޓް. އަޑު އަހާބަލަ ފުރަތަމަ. ފަރސްޓް އޮފް އޯލް. އަހަރެންގެ ބޯއީ ފްރެންޑެއް ނެތް. ސެކަންޑް އޮފް އޯލް، އަހަރެން އިންނަން އުޅެނީ ކާކާ ކަމެެއް ވެސް ނޭނގެ". ދެއަތް ދެއަތާ މޮޑެލަމުން ޔެލިޒް ބުނެލިއެވެ.
" ލިޒް މިއަދު ނޯމަލްތަ؟ ތި ކިޔާ އެއްޗެއް ނޭނގުނު". ނަވަލް ބުނުމާއެކު ޔާޒް ވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
" ބައްޕަ ބޭނުންވަނީ އަހަރެން ކައިވެނި ކުރަން. ބައްޕައަށް ކަމުދާ މީހަކާ އިންނަން މި އުޅެނީ ". ޔެލިޒް ޖަވާބު ދިނެވެ. ބޯ އަރިކޮށްގެން ނަވަލް ބަލަން އިނީ ޔެލިޒްގެ ދުލުން އެ ބުނި ވާހަކަތަކުން އަޖައިބުވެފައެވެ.
އެހެނީ ޔެލިޒްއަކީ އެ ފަދައިން ކައިވެނި ކުރުމާ މެދު އަބަދުވެސް ދެކޮޅު ހަދާ މީހަކަށް ވީތީއެވެ. ކުޑަ އިރުއްސުރެ ވެސް ޔެލިޒްގެ ކައިވެންޏާ މެދު އޭނާ ދުށް ހުވަފެންތަކުގައިވީ މިފަދަ މަންޒަރެއް ނޫނެވެ.
" މޮޔަވީތަ ލިޒް؟ ކާކު މި ޒަމާނުގަ ތިހާ މޮޔަ ކަމެއް ކުރާނީ؟ އަދި އެއީ ވެސް ކާކު ކަން ނޭނގި. ވަޓް އިފް އިޓް އިޒް އޭން އޯލްޑް ގާއި؟ ލިޒްއާ ނުވެސް ގުޅޭ މީހަކާ ވެއްޖެ ނަމައޯ؟ ". ޔާޒް ކަންބޮޑުވެފައި އިނދެ އަހާލިއެވެ. އެއްޗެކޭ ނުބުނެ އިނުމަށް ޔެލިޒް ދެ ކޮނޑު އަރުވާލީ ފަރުވާކުޑަކޮށްނެވެ.
" ބައި ދި ވޭ. އެއްކަލަ އަރްހަމް ވެސް މެރީ ކުރަނީއޯ. ދޮންބެ ވީކެންޑްގަ ދިޔަ މެލޭއަށް އަރްހަމްއާ އެކީގަ އެއްޗެހިތަކެއް ގަންނަން ". ނަވަލް، ޔާޒްއަށް ބަލާލަމުން ބުނެލިއެވެ. ޔެލިޒް ނުރުހުންވެފައި ބަލާލުމުން ނަވަލް ހޭންފެށިއެވެ.
" ނަވަލް ތިހާވަރު ވަންޏާ އަރްހަމްއާ އިންނަންވީނު؟ ފޫހިވާ ފިރިހެނެއް އެއީ". ޔެލިޒް މޫނަށް ގޮތެއް ހަދާލިއެވެ.
" ފޫހިވާ ކަމެއް ނޭނގެ. ފޭސްބުކްގަ ވެސް ފްރެންޑްސް މިހާރު. ދުވަސްކޮޅަކުން ރިއަލް ލައިފްގަ ވެސް ފްރެންޑް ވެދާނެހެން ހީވަނީ". ޔާޒް ބުނެލީ ދިމާކުރާ ރާގެއްގައެވެ.
" އޯހް ގޯޑް ސްޓޮޕް އިޓް ޔޫ ގައިޒް. އެ އަރްހަމްއާ އަހަރެން އަނގައިން ދެން ބުނާ ދުވަހަކީ ތި ދެމީހުން ބުނި ތަނަކުން ކާން ދޭނެ ދުވަސް". ޔެލިޒް ބުމަ އަރުވާލަމުން ބުނެލިއެވެ. އެއާއެކު ޔާޒް ދެލޯ ބޮޑު ކޮށްލަމުން އަނގަމަތީ އަތް އަޅާލީ އެއްޗެއް ވިސްނުނު ފަދައަކުންނެވެ.
" ދެން އަނގައިން ބުނާ ދުވަހޭ ތިބުނީ މީގެ ކުރިން ވާހަކަ ދެއްކީދޯ؟ ހޫމް ހޫމް. ވަރަށް ކަންތައް ހިންގާލައިފިން ދޯ. ހަމަ މިހާރު ކިޔައިދީ". ކައިރީ އޮތް ބާލީހުން ޔެލިޒް ގައިގާ ބޮނޑިއެއް އަޅާލަމުން ޔާޒް ގޮވައިގަތެވެ.
އިތުރު ގޮތެއް ނެތް ފަދައަކުން ޔެލިޒް ހަތިޔާރު ބެހެއްޓުމަށްފަހު ފާހާނައިން އަރްހަމްއާ ދިމާވި ދުވަހުގެ ހާދިސާ ކިޔައިދޭން ފެށިއެވެ.
*********************
ސިޑިން ތިރިއަށް ފައިބައިގެން އައި ސާއިފްގެ މޫނުން ފެންނަނީ ނިދީގެ އަސަރެވެ. ހަފްތާއެއް ކުރިން ނެހާން ފުރުމުން މިހާރު މަހަލް ވެސް އަނެއްކާ ތިރިއަށް ބަދަލުވެ ސާއިފް އާ އެކު އުޅެން ފަށައިފިއެވެ. ނަމަވެސް އެ ހުންނަ ގޮތް ދޫނުކުރުމުގެ ސިފައިން ސާއިފްގެ ހިތުގައި ކުރިން މަހަލްއަށް އޮތް ލޯބި ވަނީ ފަނޑުވެފައެވެ. އެ މޫނުން ކޮންމެ ވެސް ވަރަކަށް ނުރުހުންވުމުގެ އަސަރު ވެސް ފެންނާން ހުއްޓެވެ. ސިޓިންގްރޫމަށް ނުކުތް އިރު އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ރޯޒީ ލޮލުގައި އަޅައިގަތުމުން ސާއިފްގެ ހަށިގަނޑަށް ހަރުކަމެއް ވެރިވިއެވެ. އެވަގުތު ރޯޒީއަށް ވެސް ސާއިފް ފެނި އަދަބު އަދާ ކުރުމުގެ ގޮތުން ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު ކޮޅަށް ހުއްޓުނެވެ. އިސްޖަހައިގެން ހުރިއިރު އެ ދޮން މޫނުން ދާ ތިކިތައް ވިދަމުން ދިޔަ ގޮތުން ސާއިފްއަށް ހިންދިރުވާލެވުނެވެ. ބައްޓަން ރީތި ހަށިގަނޑާ އެއްގޮތަށް ފަހާފައި ހުރި ހަރުވާޅު ހެދުމުގެ ތެރެއިން އެ އުނގަނޑުގެ ހިމަ ކަމާއި ވަނާތައް ހާމަވާން ހުރުމުން ސާއިފްއަށް އެ ދިމާލަށް ހިނގައިގަނެވުނީ އިހްތިޔާރުން ބޭރުގައެވެ.
" ސަރ. ބްރެކްފާސްޓް ރެޑީ". ރޯޒީ މަޑު މަޑުން ބުނެލިއެވެ. އޭރު އެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައީ ހިނދަކަށް ވުރެ ހިނދެއް ސާއިފް އޭނާއާ ކައިރިވަމުން އައީތީއެވެ.
" ރޯޒީ އާދެބަލަ އަހަންނާއެކު". ސާއިފް އަތުން އިޝާރާތް ކޮށްލުމުން ރޯޒީ އޭނާ ގެންގުޅުނު ފޮތިކޮޅު އެތަނުގައި ހުރި ކުޑަ މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ސާއިފްގެ ފަހަތުން ދިޔައީ ވާން މި އުޅެނީ ކިހިނެތްކަން ނޭނގޭ ހާލުގައެވެ.
ސާއިފް ގޮސް ހުޅުވާލީ އޭނާ ނިދާ ކޮޓަރީގެ ދޮރެވެ. އޭރު ވެސް ގަދަ ނިދީގައި އޮތް މަހަލް ފެނުމުން އޭނާގެ މޫނަށް ވެރިވީ ފޫހި ކަމެވެ. މަހަލްއަށް ނުހޭލެވޭނެހެން ދޮރު ލެއްޕުމަށްފަހު ސާއިފް، ރޯޒީ ގޮވައިގެން އެރީ މައްޗަށެވެ.
" ރޯޒީ. މި އެނދު ރީތި ކޮށްދީބަލަ". ސާއިފް އަތުގެ އިޝާރާތުން އެނދު ދައްކާލިއެވެ. ރޯޒީގެ މޫނަށް ހައިރާންކަން ވެރިވިތަން ސާއިފް ދުށްޓެވެ. އޭގެ ސަބަބު ވެސް އޭނާއަށް އެނގުނެވެ. އެހެންކަމުން ރޯޒީއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަނެއްކާވެސް ސާއިފް ވާހަކަ ދައްކަން ފެށިއެވެ.
" ބެޑްޝީޓުގަ ރުލެއް ނެތްކަން އެނގޭ. އާ ބެޑްޝީޓެއް އަޅާފަ ރީތި ކޮށްދީ". ސާއިފް ބުނެލިއެވެ.
" މަހަލް މެޑަމް ބުނަނީ އިއްޔެ. ރޯޒީ ބަދަލު ކުރަނީ". ރޯޒީ ބުނެލިއެވެ. އެ ބުނި އެއްޗެއް ސާއިފްއަށް ދޭހަވި ނަމަވެސް އޭނާ ދެން ވެސް އެދުނީ އާ ބެޑްޝީޓެއް ނެގުމަށެވެ.
ސާއިފްއަށް އަވަސް ނަޒަރެއް ދެމުން ރޯޒީ ދަމާލީ އެ ކޮޓަރީގައި ހުރި ފަސް ދޮރުފަތްލީ އަލަމާރީގެ ތިރީ ވަތްގަނޑެވެ. އެ ވަތްގަނޑުގެ ތެރެއިން ނެގި ހުދު ކުލައިގެ ބެޑްޝީޓު އަތަށް ނަގައިގެން އެނބުރުމާއެކު ރޯޒީ ސިހުނެވެ. އޭނާއާ ދާދި ގާތުގައި ހުއްޓި ހުރި ސާއިފް ފެނުމުން ސިކުނޑީގެ ކަނަކުން އިންޒާރެއް ދިންފަދައެވެ.
" ސަ..ސަރ".. ރޯޒީ ހިނގައިގަންނަން އުޅުމުން ސާއިފް އެ ހިފެހެއްޓީ އޭނާގެ މުލަތްދަނޑީގައެވެ. ވާން އުޅެނީ ކީއްކަން އެނގުނު ހިނދު ރޯޒީއަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ނޫނެކޭ ބުނެ ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އޭނާގެ އަޑު ކެނޑުނީ ސާއިފްގެ އަތުގެ ހޫނު ހަމަލާއެއް ކޯތާފަތަށް އެރުމާއި އެކުގައެވެ. ހުރިތަނަން ރޯޒީ ތިރި ނުވީ ސާއިފް އޭނާގެ ގައިގާ ހިފެހެއްޓުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ރޯޒީ ހޫރުވާލީ އެނދާ ދިމާލަށެވެ. ޝިކާރަކުރަން އުޅޭ ސިންގާއެއް ފަދައިން ރޯޒީއާ ދިމާލަށް ސާއިފް ފުންމައިގަތުމާއެކު އެ ކޮޓަރީގެ ގުގުމައިގެން ދިޔައީ ރޯޒީގެ ވޭނީ ހަޅޭކުގެ އަޑެވެ. ނަމަވެސް ސާއިފްގެ ކަންފަތަށް އެ އަޑު ނީވޭ ފަދައެވެ. ނޫނީ އެ ހިތުގައި ރަހުމާއި ހަމްދަރުދީ ނެތީއެވެ. ހެއްދެވި ފަރާތައް ޒައްރެއްގެ މިންވަރު ވެސް ބިރުވެރިކަމެއް ނެތީއެވެ.
ސާއިފް ހިންދެމިލީ އޭނާގެ އެދުން ފުދުމުންނެވެ. އޭރު ހަރަކާތް ހުއްޓި އެނދުގައި ރޯޒީ އޮތް އޮރު ހުއްޓުމެއްނެތި އެ ލޮލުން ކަރުން ފައިބަމުން ދިޔައެވެ. ސާއިފް ނުކުތީ ވެސް ރޯޒީ އެ ހާލުގައި ވަނިކޮށެވެ.
****************************
ކާނިވާ ސަރަހައްދުގައި ހުރި ރެސްޓޯރެންޓެއްގައި އަރްހަމްއާއި އަރްޔަން ތިބީ އުމައިރްގެ އިންތިޒާރުގައެވެ. ކޮފީއަކަށް އޯޑަރު ކޮށްގެން ތިބިއިރު އެ ދެމެދުގައި ދެކެވެމުން ދިޔައީ ކުރެވެން އުޅޭ އަރްހަމްގެ ކައިވެނީގެ ވާހަކައެވެ.
" ރަން ކިޔުން އޮތީ އަންނަ ހުކުރު ދުވަހު. ދެން ނެތް މާގިނަ ދުވަހެއް ވެސް. ބައެއް ފަހަރު ހިތަށް އަރާ މިހާ ކުރިން ކައިވެނި ކުރުން މިއީ ރަނގަޅު ކަމެެއް ބާއޭ". ކުރިމަތީ ހުރި ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން އަރްހަމް ބުނެލިއެވެ.
" ހަލާލް ގުޅުމަކުން ލިބޭނޭ ގެއްލުމެއް ނެތް. އިތުރަށް ވިސްނުން ބަދަލު ކުރާނެ ކަމެއް ނެތް ދެން ". އަރްޔަން ބުނެލުމުން އަރްހަމް ވެސް ބޯ ޖަހާލިއެވެ. ދެން އޭނާ ބަލާލީ އަތު ކުރީ އަޅާފައި އޮތް ގަޑިއަށެވެ. އަދިވެސް އުމައިރްއަށް ނާދެވެނީތޯ އަހާލެވުނީ ލަސްވާތީއެވެ.
" އަމް.. ޑޫ ޔޫ ރިމެމްބަރ މެލޭގަ އުޅުނު އިރު ޖީން؟". އަރްޔަން އަހާލިއެވެ. އެއާއެކު އަރްހަމްގެ މޫނަށް ވެރިވި ކުލަތައް އޭނާ ނުހަނު ސާފުކޮށް ދުށްޓެވެ. ކޮންމެވެސް ކަންތައްގަނޑެއް ހިނގާފައިވާކަން ޔަގީންވިއެވެ. އަރްހަމް ކިޔައިނުދޭ ވާހަކަތަކެއް ވާކަން މީގެ ކުރިން ވެސް އަރްޔަންއަށް އެނގެއެވެ.
" ޖީން؟ ކިހިނެތްވީ؟". އަރްހަމް ބުންޏެވެ. އޭރު އޭނާއަށް ހަށިގަނޑު ސީދާ ކޮށްލެވިއްޖެއެވެ. ހީވާގޮތުން އަރްޔަން ދައްކަން އުޅޭ ވާހަކައަށް ހުރިހާ ސަމާލުކަމެއް ހުއްޓާލީއެވެ.
" ކަމެއްވީ އެއް ނޫން. އޭރު އަރްހަމް ޖީންގެ ވާހަކަ އެހާވަރަށް ދައްކަ ދައްކާފަ ފަހުން އެއްވެސް ގޮތަކަށް ޖީންގެ ނަން ވެސް ބުނެ ނުލާ. ކިޔުރިއަސްވީ". އަރްޔަން ހާމަކުރީ ތެދެވެ. އަރްހަމްއަށް އޮޅުވާލައިގެން ކަންތައްތަކެއް ހޯދުމުގެ ބޭނުމެއް އޭނާގެ ނެތެވެ.
" ތި ފެށީ ދެން ކޮން ވާހަކައެއް. އެއީ މާޒީ. މިހާރު އޭގެ ފަހުން އަހަރުތަކެއް ވެއްޖެ. އެވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެއްނު". ރެސްޓޯރެންޓުގެ ސިޑިން މައްޗަށް އެރި އުމައިރް ފެނުމާއެކު އަރްހަމް ބުނެލިއެވެ. އަދި ލޮލުގެ އިޝާރާތުން އަރްޔަންއަށް އުމައިރް ދައްކާލިއެވެ.
އުމައިރް ގޮނޑީގައި ހަމަޖެހިލުމަށްފަހު އޯޑަރު ދިނީ ކޮފީއަކަށެވެ. އެ މޫނުން ކޮންމެވެސް ކަމަކާ ނުތަވަސްވެފައި ހުރިކަން ދޭހަވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ސުވާލުކުރާކަން އަރްހަމް މެން ނޫޅުނެވެ. އުމައިރް ކިޔައިދޭން ބޭނުން ނަމަ ކިޔައިދޭނެކަން އެ ޒުވާނުންނަށް އެނގޭތީއެވެ.
*************************
އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ޔެލިޒްމެން ދިޔުމުން ނަވަލް ވެސް އެނދުން ތެދުވިއެވެ. ހަށިގަނޑަށް ވެރިވެފައިވި ލޮޑުކަމާއި ވަރުބަލި ކަމާއެކު ވެސް އޭނާ ގޮސް ހުއްޓިލީ ލޯގަނޑު ކުރިމަތީގައެވެ. އަޅައިގެން ހުރި ބުރުގާ ހިއްލާލުމާއެކު ކަރުދޮށް ބަލާލިއެވެ. އެ ނިޝާން ނެތަސް އެ ދިމާލުގައި އަތް ހިންގާލިއެވެ. ލޯ މަރައިގެން ހުރި އިރު ހިޔާލުގައި ކުރެހެމުން ދިޔައީ އެންމެ ސޫރައެކެވެ. ހިތުގައި ފުނިޖެހެމުން ދިޔައީ ޝަކުވާތަކެވެ. އެ އިހްސާސްތައް ކަރުނައިގެ ސިފައިގާ ބޭރުވާން ފެށުމާއެކު ނަވަލް އަވަސް އަވަހަށް ލޯ ފުހެލިއެވެ. އެވަގުތު ދޮރުގައި ޓަލި ޖަހާލި އަޑު އިވުމާއެކު އޭނާ އެތެރެއަށް ވަނުމަށް އެދުނެވެ. މި ވަގުތު އަންނާނީ ކުލްސޫމްކަން ނަވަލްއަށް އެނގެއެވެ.
އެހެނަސް ދޮރު ހުޅުވާލުމަށްފަހު ވަތް އުމައިރް ފެނުމުން ނަވަލްގެ ހަރަކާތްތަށް މަޑުޖެހުނެވެ. ހިސާބަކަށް ޖެހިލުންވިއިރު އުމައިރްއާ ހަތަރުކަޅި ހަމަ ކުރާނޭ ހިތްވަރެއް ނުލިބުނެވެ.
އުމައިރް އައިސް އިށީނީ ސޯފާގައެވެ. އަތުގެ އިޝާރާތުން ނަވަލް ކައިރީ ވެސް އިށީންނަށް އެދުނެވެ. ލަސް ހިނގުމެއްގައި ގޮސް ނަވަލް އިށީނީ އުމައިރްއާ ކުރިމަތިވާނޭހެން އެނދުގައެވެ. އުނގުމަތީ ބާއްވާލެވިފައި އޮތް ދެއަތް ޖޯޑުކޮށްލެވުމާއެކު އިސްޖަހާލެވުނެވެ.
" އެނީ އެކްސްޕެލެނޭޝަންސް؟". އުމައިރް ކޮށްލީ ސުވާލެކެވެ.
އެއަށް ދޭނޭ ޖަވާބު ނޭނގިފައި ނަވަލްއަށް އިނދެވުނީއެވެ. އުމައިރްއަށް ހުރިހާ ކަމެއް އެނގޭކަން އޭނާއަށް ޔަގީންވެއްޖެއެވެ. އެހެން ނޫން ނަމަ އުމައިރްގެ އެ ދުރުކަން އޭނާއަށް އިހްސާސް ނުވީހެވެ.
"އައިމް ސޮރީ ދޮންބެ. ޕްލީޒް. މަންމަ ކައިރީ ނުބުނާތި". ނަވަލް އާދޭހާއެކު ބުނެލުމުން އުމައިރް ބޯ ޖަހާލިއެވެ. ނަމަވެސް އޭނާގެ ޝަރުތެއްވިއެވެ. ނަވަލްގެ އެ ބޮޑު ސިއްރު އުމައިރްއާ ހިއްސާ ކުރުމަށް އެދުނެވެ.
" ލޯބި ". ނަވަލްގެ އަޑު އުމައިރްގެ ކަންފަތާ ހަމައަށް ކިރިޔާ ފޯރީއެވެ. ނަމަވެސް އެ އަޑުގައި އެކުލެވިފައިވީ ވޭނީ ރިހުމާއި ކެކުޅުން އޭނާއަށް ސިއްރެއް ނުވިއެވެ. ސޯފާއިން ތެދުވެ ގޮސް އުމައިރް ނަވަލްގެ ގާތުގައި އިށީނެވެ.
" ދޮންބެގެ ދޫންޏާ. ދެޓް އިޒް ނޮޓް ލަވް. ނަވަލް ގަބޫލު ކުރަންތަ ލޯބި ވެވުނީމަ އެހެން ކަންތައް ކުރާނެކަމަށް. ލޯބި ކަމުގައި ވީ ނަމަ ކީއްވެ ނަވަލް ސިއްރުން އުޅެން ޖެހުނީ؟ ދޮންބެ ނާހާނަން ނަވަލް އެ ހޮޓެލަށް ދިޔައީ ކީއްކުރަންތޯ. އެކަމަކު މިއަދު ވަރަށް ދެރަވެއްޖެ. އައި ޑޯންޓް ނޯ ވަޓް ޓު ސޭ. ރުޅި އައުމަކީ ހައްލެއް ނޫން. ރުޅި އަންނަން ބޭނުން ވިޔަސް ދޮންބެއަށް އެކަން ނުކުރެވޭނީ އެހެންވެ. ބަޓް ޕްރޮމިސް މީ؟ ނަވަލް ދެން އެހެން ނޫޅެއްޗޭ." އުމައިރްގެ އަޑުގައި ވި އޯގާތެރިކަމުން ނަވަލްގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. އޭނާ ތުން ފިއްތާލަމުން ބޯ ޖަހާލިއެވެ. ދެން ވެސް ވާހަކަ ދައްކަން ފެށީ އުމައިރްއެވެ.
" ނަވަލްއަށް އެނގޭތަ. އިސްލާމް ދީނުގަ އަންހެނުންނަކީ ވަރަށް މާތް ބައެއް. އަންހެނުން އެމީހުންގެ އިއްފަތްތެރިކަން ރައްކާތެރި ކުރަންވާނެ. ދެރައީ ނަވަލްއަށް އެކަން ނުވިސްނުނީމަ. ދޮންބެ ނަވަލް ދެރަ ކުރަން ނޫން މި އުޅެނީ. އައި ހޯޕް ޔޫ އަންޑަރސްޓޭންޑް". އުމައިރް ބުނެލިއެވެ. ދެން ވެސް އެފަދަ އެތަށް ވާހަކަތަކެއް ނަަވަލްއަށް ބުނެދިނެވެ. އެ ހުރިހާ ވާހަކަތަކެއް އުމައިރް ދައްކަމުން ދިޔަ އިރު ނަވަލްއަށް ކުރެވުނުހާ ވެސް ކަމަކީ ބޯ ޖަހާލުމެވެ. ލޮލުން ހުއްޓުމެއްނެތި އޮހޮރެމުންދިޔަ ކަރުނައިން ކަޅު ވެފައިވާ އެ ހިތް ދޮވެވުނު ފަދައެވެ.
" ބަޓް އައި ލަވްޑް ހިމް ސޯ މަޗް ދޮންބެ. ދެން ކިހިނެތް ހަނދާން ނައްތާނީ؟ ކިހިނެތް އެ ހުރިހާ ކަމެއް ނުވާ ކަމަށް ހެދޭނީ؟ އައި ފީލް ސޯ ބޭޑް". ގިސްލެވެމުން ދިޔަ ނަމަވެސް ހިތްވަަރު ކޮށްފައި ނަވަލް ބުންޏެވެ. އުމައިރް ރައްދުކޮށްލީ ހިނިތުންވުމެކެވެ.
" ނަވަލްއަށް އެނގޭތަ؟ މާތްﷲ ސުބުހާނަހޫ ވަތައާލާ އެއީ އެންމެ އޯގާތެރި ވަންތަ ރަސްކަލާނގެ. ނަވަލް ބޭނުން ވަންޏާ އެ ލޯބި ވެސް ނަވަލް އަށް ލިބިދާނެ. އޯލް ޔޫ ހެވް ޓު ޑޫ އިޒް އާސްކް. އެކަލާނގެ ހަޟްރަތުގައި ދަންނަވާ. އެއީ ނަވަލްއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވަނީނަމަ އެކަލާނގެ ނަވަލްއަށް އެ މަގު ފަހި ކޮށްދޭނެ. ނޫނީ އެއަށްވުރެ ބޮޑު ނިއުމަތަކާއެކު ނަވަލްގެ ނަސީބު އަތުގަ ހިފާނެ. އެކަމަކު ދުވަހަކުވެސް އުންމީދު ކަނޑައި ނުލާތި. އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުނަސް އެކަލާނގެ އަށް އިތުބާރުކޮށް އެކަލާނގެ ހަޟްރަތަށް ރުޖޫއަވުމުގަ ދެމި ހުންނާތި. އޭރުން އެކަލާނގެ ނަވަލްގެ ދުއާ ވެސް އިޖާބަ ކުރައްވާނެ". އުމައިރްގެ ބަސްތަކުން ނަވަލްގެ ހިތުގައި ކުޑަވެފައިވާ އުންމީދު އާލާ ގޮތްވިއެވެ.
" އަސްލު ވެސްތަ ދޮންބެ؟ ނަވަލް ދުއާ ކޮށްފި ނަމަ ވިލް އައި ގެޓް ހިމް ބެކް؟ ނަވަލްއަށް އެ ލޯބި ލިބިދާނެތަ؟"ކަރުނުން ވިދަ ވިދާހުރި ނަވަލްގެ ދެލޯ ފެނުމުން އުމައިރްގެ ހިތުގައި ވެސް ރިއްސާލިއެވެ.
އޭނާގެ ކޮއްކޮއަށް ހަގީގަތުގައި ވެސް މީހަކު ދެކެ ލޯބި ވެވިއްޖެކަން އުމައިރްއަށް އެނގުންވި ހިނދު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފަހަރެއްގައި އޭނާ ކުލްސޫމްއާ ވާހަކަ ދައްކައިގެން ނަވަލް ބޭނުންވާ ޒުވާނާއާ ކައިވެނި ކުރެވޭނެ ގޮތެއް ހަމަޖެއްސިދާނޭ ކަމުގައި އުމައިރްގެ ހިތް ބުނެލިއެވެ.
" ދެން ބުނެބަލަ؟ ނަވަލް ތި ބުނާ މީހަކީ ކާކު؟ " އުމައިރް އަހާލިއެވެ. އޭނާ އިނީ އެއީ ކާކުކަން އެނގެން ކެތް މަދުވެފައެވެ.
" ކައިސަން" ނަވަލް ބުނެލިއެވެ. އެއާއެކު އުމައިރްއަށް އޭނާއާ ދިމާލަށް ބަލާލެވުނީ ގަބޫލުކުރަން ދަތިވެފައި އިނދެއެވެ. ހިތުގައި އުފެދުނު ޝައްކެއްގެ ސަބަބުން އުމައިރްއަށް އިންތަނުން ތެދުވެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ.
= ނުނިމޭ =
އުމައިރްއަށް ކައިސަން އެނގޭހެން ހާދަ ހީވެއޭ. ވ. ރީތި
ވަރަށް ރީތި. އަދި ކިރިޔާ ކަންނޭނގެ ރަނގަޅަށް ވާހަކަ މި ފަށަނީ.