ޚަބަރު އިޖުތިމާޢީ

ލިވާތުކުރި މީހުންގެ މައްސަލަ ނުބަލާނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނެ: ސަނީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ތިނަދޫ ދެކުނު ދާއިރާގެ މެމްްބަރު އަބްދުﷲ ސަނީފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އެއް ޖިންސުން ގުޅުން ހިންގި މީހުން ނުވަތަ ލިވާތުކުރި މީހުންގެ މައްސަލަ ނުބަލާނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަނީފް މި ގޮތަށް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ޢާންމުވެފައިވާއިރު އެ ވީޑިއޯތަކުގައި ފެންނަ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

''ބިރުވެތިވޭ, ބިރުވެތިވޭ'' މިފަދައިން ލިޔެފައިވާ ފޮޓޯއެއް ހިއްސާކުރައްވައި ސަނީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި އެންމެހައި ފަރާތްތަކުގެ މައްސަލަ ބަލައި, ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށާއި ފުލުހުންނަށް ގޮވައިލާ ކަމަށެވެ. އެ ގޮތަށް މި ގޮވައިލަނީ ރާއްޖެ އާއި ދިވެހިންގެ މުސްތަގުބަލަށް ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ.

މީގެއިތުރުން ސަނީފް ވިދާޅުވީ މިކަން ނުބަލާ ނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!