ޚަބަރު އިޖުތިމާޢީ

މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ވިސްނާ ފާރަވެރިވާންޖެހޭ: ޑރ.ވަޙީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ވިސްނާ ފާރަވެރިވާންޖެހޭކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ.ވަޙީދު މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ދިވެހިންގެ މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ވިސްނާ ފާރަވެރިވާންޖެހޭކަން ފާހަގަކުރައްވައި ޑރ.ވަޙީދު ވިދާޅުވީ މި ދަނޑިވަޅުގައި ފަޚުރުވެރި ޤައުމީ ދިވެހި ދިދަ އުސްކޮށް އުފުލައި ވިހުރުވަން ވެސް އެބަޖެހޭ ކަމަށެވެ.

މިނިވަންކަމަށް ފާރަވެރިވާންޖެހޭކަން ޑރ.ވަޙީދު ފާހަގަކުރައްވާފައިވާއިރު ރައީސް ޞާލިޙް މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ ދައުލަތުގެ އެންމެ އިސް ޒިންމާއަކީ މި ޤައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

އެ ގޮތުން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ރެޔާދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެ މަސައްކަތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!