Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ނަޝީދު ސީޝެލްސްގެ ރައީސްއާއި ނައިބު ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް ނަޝީދު ސީޝެލްސްގެ ރައީސްއާއި ނައިބު ރައީސްއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސީޝެލްސްގެ ރައީސްއާއި ނައިބު ރައީސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު އެ ބޭފުޅުންނާ ބައްދަލުކުރެއްވީ މިހާރު ސީޝެލްސްއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސީޝެލްސްގެ ރިޔާސީ ގަނޑުވަރުގައި ރައީސް ރަމްކަލަވާންއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން ބަަދަހިކުރުމަށާއި ތިމާވެށްޓާއި ފަތުރުވެރިކަމާބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

Advertisement
HDC — Sidebar (box)

ސީޝެލްސްގެ ނައިބު ރައީސް އަޙްމަދު ޢަފީފާ ބައްދަލުކުރެއްްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހު ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެހާމެ ޚިދުމަތްތެެރި އެއް ޢާއިލާކަމަށްވާ އެޅަގޭ އަލި ދީދީގެ ޢަފީފް ދީދީގެ އަޙްމަދު ޢަފީފާ ބައްދަލުވެ މަރުހަބާ ދެންނެވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ރައީސް ނަޝީދު އެ ޤައުމަށް ކުރައްވާ މި ދަތުރުފުޅު ނިންމައިލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް