Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިނިވަންކަން ކަށަވަރުވާނީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން: އުމަރު

މިނިވަންކަން ކަށަވަރުވާނީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން: އުމަރު

ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރަން އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާ ގުޅިގެން އުމަރު ވިދާޅުވީ އިނގިރޭސި ސިފައިން ރާއްޖޭ އަށް ފައިބާ ތިބި ތިބުން ކެބިނެޓްގައި އިންނެވި އިބްރާހިމް ނާސިރަށް ސިފަވީ މިނިވަން ކަމަށް އޮތް ގޮންޖެހުމެއް ގޮތުގައި ކަމަށެވެ. ނަމަވެސް އިނގިރޭސިންގެ ހަދިޔާ ލިބެމުންދިޔަ ބޭފުޅުންނަށް އެކަން ސިފަވީ އެހެން ގޮތަކަށް ކަމަށް އުމަރު ވިދާޅުވި އެވެ.

އެގޮތުން މިއަދު އިންޑިޔާ ސިފައިން ރާއްޖޭ އަށް ފައިބާ ތިބިތިބުން ސިފަވަނީ މިނިވަން ކަމަށް އޮތް ގޮންޖެހުމެއް ގޮތުގައި ކަމަށާއި އިންޑިއާގެ ހަދިޔާ ލިބޭ ފަރާތްތަކަށް މިކަން ސިފަވާނީ އެހެން ގޮތަކަށް ކަމަށް އުމަރު ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

"ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އިނގިރޭސިން ބޭލި ގޮތަށް، އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަންޖެހޭ. މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް." އުމަރު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް