Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި

ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި ބައެއް އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ.

އެ އިދާރާއިން ބުނީ ހުޅަނގު އުތުރާއި އުުތުރުން މެދު ރާއްޖެތެެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 24 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

އެ އިދާރާއިން ވަނީ މެދު ރާއްޖެތެެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ. އެކަމަކު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި ހުރިހައި ހިސާބެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާޅުގެ އުސްމިން ހުންނާނީ 03 ފޫޓާއި 06 ފޫޓާ ދެމެދު ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް