ރާއްޖެ މިއަދު އޮތް އަދަވަޅަށް ވައްޓާލި ދެ ބޭފުޅުންނަކީ ރައީސް މައުމޫނާއި ރައީސް ނަޝީދުކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބުރައީސް ސައުދުالله އަޙްމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދެބޭޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ދެ ރައީސުން އަދި މި ސަރުކާރު ކޯލިޝަންގެ ދެ ލީޑަރުންނަކީ ހުރިހާ ނުބައިކަމެއްގަ އެކައްޗެ ވިދާޅުވާބައެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުކަމާއި، ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރކަން ކުރައްވަމުން ގެންދަވާ ސައުދު ވަނީ ރައީސުންނަން ދޭ އިނާތްތައް ކަނޑާލުމަށް ގޮވާލާފައެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ދެމުން އަންނަ އިނާޔަތް ކަނޑާލަން ޖެހޭ މި ވެރީންނަށް- ސައުދު
ސައުދު ވަކި ކަމެއް ފާހަގަކޮށްފައި ނެތްނަމަވެސް ޔޯގާ ގެ ހުކުމާއި ގުޅޭ ގޮތުން ރައީސް ނަޝީދާއި މައުމޫން ވަނީ އެއީ ހަރާމްކަމެއް ނޫންކަމަށް ބުނެ ޔޯގާގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.
ދީނީ އިލްމު ވެރިންނޭ ކިޔައިގެން މިއުޅޭ ބަޔަކު އަހަރެމެންނަށް ދީން އޮޅުވާލައިފި. މިމީހުން ބޭނުމިއްޔާ ބޭނުންކަމެއް ކޮށްފައި އެއީ ޝިރުކަކަށް ނުވޭ. އެ ހެޔޮ ޒިނޭކުރިޔަސް، ރާބުޔަސް މީހުންގެ އަނބިންގާތަށް ވަނަސް، މީހުންނަށް ފައިސާދީގެން މީހުންމެރިޔަސް، މިހެން ކިޔާނެ ކަމެއް ނެތް. އެންމެ މޮޅު ގޮތަކީ މިހާރު މިއުޅޭ ސޭކުން ދައްކާ ވާހަކަ އަޑުނާހައި ތައުލީމުއްދިޔާނާ މުތާލިޔާ ކޮށްލުން. އެވަރުން ފުދޭނެ. މިމީހުން ދައްކާ ވާހަކަ އަޑުއަހައިގެން ބޯގޮވުން ނޫންކަމެއް ނުވާނެ. ސޭކުންނަށް ވަރަށް ސަލާން. މަވާސަލާން.
މީނަ ބޮޑެތި މަގާމުތައް ފުރާއިރު އުޅޭތަން ފެންނަނީ މަގުމަތީގައި. ޒިންމާ އަދާނުކޮށް ދައުލަތުން ފައިސާ ކާމީހުން އެހެން މީހުންނަށް ލިބޭ އެއްޗެއް ކަނޑަން ގޮވާނެ. އެއީ އެކަހަލަ މީހުންގެ އާދަ. ހެޔޮލަފާކަން ދައްކަން.
މީނައަށް ވިޔަސް މިބުނީ ވަރަށް ރަގަޅު ވާހަކައެއް.