Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އިންސްޓަގްރާމް، މެސެންޖާ، އަދި ވަޓްސްއެޕް ޑައުން ވެއްޖެ

އިންސްޓަގްރާމް، މެސެންޖާ،  އަދި ވަޓްސްއެޕް ޑައުން ވެއްޖެ

ފޭސްބުކް މެސެންޖާ އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުންވެ ވަރަށް ގިނަ ބަޔަކަށް މިއެޕްލިކޭޝަންތައް ބޭނުން ކުރަން ދަތި ވެއްޖެއެވެ.

ފޭސްބުކް ދަށުން ހިންގާ އިންސްޓަގްރާމް ވަނީ އެއްކޮށް ޑައުން ވެފައެވެ. އަދި މެސެންޖާ އާއި ވަޓްސްއެޕް ބޭނުން ކުރުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. ޑައުންޑިޓެކްޓާއިން ރިޕޯޓުކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 125،000 އަށް ވުރެ ގިނަ މީހުން މި މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ. އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން އަދި މިހާތަނަށް ފޭސްބުކް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިކަމާ ގުޅިގެން އުރީދޫ އިން ވަނީ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓުގައި ބުނެފައިވަނީ މި އެޕްލިކޭޝަންތަކަށް ވަނުމަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި މި މައްސަލަ ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ދިމާވެފައިވާ ކަމަށް ބުނެފައި ވެއެވެ. https://twitter.com/ooredoomaldives/status/1372972073463599104?s=21  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް