Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާކަން މެޓު އޮފީހުން ހާމަކުރީ މީގެ ފަންސަވީހަކަށް މިނެޓުކުރިންނެވެ. ނަމަވެސް ދެންމެ އެ އިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.

މެޓު އޮފީހުން ބުނީ ރީނދޫ ސަމާލު ނެރެފައިވަނީ ހަވީރު 16:00 ހަމައަށް ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި, ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް