Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއާގެ އެހީތެރިކަމާ ނުލާ ކޮވިޑް-19 އިޤްތިޞާދީ އަދަވަޅުން އަރައިގަންނަން ދަތިވީސް: ރައީސް ޞާލިޙް

އިންޑިއާގެ އެހީތެރިކަމާ ނުލާ ކޮވިޑް-19 އިޤްތިޞާދީ އަދަވަޅުން އަރައިގަންނަން ދަތިވީސް: ރައީސް ޞާލިޙް

ރާއްޖެ ބަންދުވެ، އިޤްތިޞާދީ ގޮތުން އެންމެ ދަތިވި ދުވަސްވަރު، އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާފައިވަނީ އިންޑިއާއިން ކަމަށާއި އިންޑިއާގެ އެހީއާ ނުލާ، އިޤްތިޞާދީ އަދަވަޅުން ސަލާމަތްވާން ދަތިވީސް ކަމަށް، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިއަދު އިންޑިއާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޚާއްސަ ގުޅުމަށް އިޝާރާތް ކުރައްވާ، ރައީސް ޞާލިޙް ވިދާޅުވީ، މި ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމުގެ ވިސްނުން ދެ ފަރާތުގައި ވެސް ހުރި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މިއީ ހަމައެކަނި ޚާރިޖީ ގުޅުމެއް ނޫން. އިންޑިއާއާއެކު ދިވެހިން ވަނީ ޘަޤާފަތާއި އާދަކާދައާއި ތާރީޚުން ޒަމާނީ ގުޅުމަކުން ގުޅިފައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކޮވިޑް-19 ސަބަބުން ރާއްޖެ ބަންދުކޮށް، އިޤްތިޞާދު ހީނަރުވިރު ދުވަސްވަރު އިންޑިއާއިން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އަދި މިކަމަށްޓަކައި އެމަނިކުފާނުވަނީ އިންޑިއާއަށް ޝުކުރު ދަންނަވާފައެވެ. އަދި ވިދާޅުވީ އިންޑިއާއިން ދިން ބަޖެޓް ސަޕޯޓާއި، ފޯރުކޮށްދިން ސިއްހީ ސާމަނާއި ވެކްސިންގެ އެހީތެރިކަމާ ނުލާ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖަހުމަށް ގިނަ ދުވަސްތަކެއް ނެގީސް ކަމަށެވެ. އަދި އެ ދުވަސްވަރު އިންޑިއާއާ ރާއްޖެއާ ދެމެދު ދަތުރުތައް ހުޅުވާދެއްވުމުން އެކަމަށް ޝުކުރު ދަންނަވާ ވިދާޅުވީ، އިންޑިއާ އާ ރާއްޖެއާ ދެމެދު ޤާއިމް ކުރެވުނު އެއަރ ބަބުލްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓުނު ކަމަށެވެ.

ރައީސް ޞާލިހްގެ ވާހަަކަފުޅުގައިވަނީ ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތައް ވެސް ޝުކުރު ދަންނަވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް