ޚަބަރު އިޖުތިމާޢީ

ހުޅުމާލޭގެ ބިން ހިލޭ ދިނުމަކީ ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ: ޢަލީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހުޅުމާލޭގެ ބިން ވަކި ބަޔަކަށް ހިލޭ ދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by STELCO

މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯއްޗާއި, ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅު ހިއްކައި ނިމުމުން އެ ތަނުން ވެސް 2000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.

ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ހޫނު ބަހުސެއް ކުރެއްވެމުންދާ މި ދަނޑިވަޅުގައި ޢަލީ ޙުސައިން ވިދާޅުވީ ހުޅުމާލޭގެ ބިން ވަކި ބަޔަކަށް ހިލޭ ދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެހެން ޤައުމެއްގައި ކުރާކަމެއްނަމަ, އެ ޤައުމެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަޔަށް މުޒާހަރާކުރީސްކަމަށް ވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު, ބައެއް ބޭފުޅުން ވިދާޅުވެފައިވާާ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ އަގުހުރި ބިން މަދު ބަޔަކަށް ހިލޭ ދިނުމަކީ އެއް ގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. މާލޭގެ ރައްޔިތުންނަށް ހިލޭ ދޫކުރުމަކީ އެންމެ ރަނގަޅު ގޮތެއްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

Ads by Ooredoo
  1. ނާޅި

    ދޮގެއްވެސް ނޫން އަޅުގަޑުވެސް މިއުޅެނީ ގޯތި ނުލިބިގެން އުޅޭއިރު ފައިސާ ހަރަދު ކޮށްގެން ހިއްކީ ދައުލަތުގެ ބަޖެޓުން ވީމާ ގޯތި ހިލޭ ދީފިއްޔާ ހިޔާ ފުލެޓްވެސް ހިލޭ ދޭންވާނެ އެލިބުނު މީހުނަށް !

  2. ިއަހުމަދު

    ިމާލޭ ނިކަމެތިން ކަލޭމެންހެން ރުފިޔާ ލިބޭނަމަ ކަނެވޭނެ ތޯ ދިވެހިންގެ ރުފިޔާ ކަލޭމެން ކާރު އޯކޭ ތޯ މަހަކު 9500 ރުފިޔާ ތިކަނީ އޭޭ ހަލާލު އެޖެއް ތަ