Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މޫސުން ގޯސް 36 ގަޑިއިރު: ކަނޑުތައް ވަރަށް ގަދަވެ, އުދައެރުން އެކަށީގެންވޭ

މޫސުން ގޯސް 36 ގަޑިއިރު: ކަނޑުތައް ވަރަށް ގަދަވެ, އުދައެރުން އެކަށީގެންވޭ

ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދައަރާފާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ރޭ ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 36 ގަޑިއިރުތެރޭގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ, ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި, ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެހެންކަމުން ހުރިހައި ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް