ރައްޔިތުންނަށް ޙައްޤުވާ މިންވަރު ލިބެންޖެހޭ: ނިޒާރު
ރައްޔިތުންނަށް ޙައްޤުވާ މިންވަރު ލިބެންޖެހޭ ކަމަށާއި, ޤާނޫނުތަށް މިހާރަށްވުރެ ފުރިހަމަވާންޖެހޭކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހުޅުމާލެއިން ހުރިހާ ދިވެހިންނަށް ބިން ލިބެންޖެހޭ ކަމަށާއި, ވަކި ބަޔަކަށް ވަކި ގޮތެއް ކަނޑައަޅާ ސިޔާސަތުން އުފެދޭނީ ނަފުރަތުކަމަށް ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.
ނިޒާރު ވިދާޅުވީ ދިވެހިން ނިސްބަތްވަނީ އެއް ނަސްލަކަށް އަދި އެއް ދީނަކަށް ކަމަށާއި, ހުރިހަމަ އެކަނި ތަފާތަކީ އުޅޭ މާހައުލުގައި ހުރި ތަފާތެއް ކަމަށާއި, މާލެ އާއި އަތޮޅުތެރޭގައި ހުރި ތަފާތެއް ކަމަށެވެ. އަދި އެ ތަފާތު ކުޑަކުރެވޭނީ ގުޅިގެން ކުރެވޭ މަސައްކަތުންކަމަށާއި, ލާމަރުކަޒު ކުރުމަށް ރުހެވޭ ވެރިކަމުގެ ސިޔާސަތުންކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑުމެން އަތޮޅުތެރޭ ރައްޔިތުން މާލެއަށް ހިޖުރަކުރުމަށް މަޖުބޫރު ކުރުވީ އޭރު ރާއްޖޭގެ އިގްތިސާދީ ހާލަތު. އެހެންނަމަވެސް މިހާރު އެ ހާލަތު ބަދަލުވެއްޖެ. އަތޮޅުތެރޭ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ލިބެންޖެހޭ. ޤާނޫނުތަށް މިހާރަށްވުރެ ފުރިހަމަވާންޖެހޭ. ކައުންސިލްތަކަށް އިޤުތިސާދީ ބާރުވެެރިކަން ދޭންޖެހޭ. އެއްޗެއް ދީފާނެކަމަށް އިންތިޒާރުގައި ތިބުމަށްވުރެ ލިބޭ އެއްޗެއް ޔަގީން ވާންޖެހޭ.''
ނިޒާރު ވިދާޅުވީ މާލެ އާއި މާލެ ސަރަހައްދު ތަރައްޤީ ކުރީ އެންމެންގެ މަސައްކަތުން ކަމަށާއި އެންމެންގެ ފައިސާއިން ކަމަށެވެ. އަދި ހުޅުމާލޭ ހިއްކަން ޚަރަދު ކުރީ ދިވެހިންގެ ފައިސާއިން ކަމަށާއި, ލޯނުގެ ދަރަނި އެންމެން ބޮލުގައި ވެސް އެޅޭނެ ކަމަށެވެ.
''ހުޅުމާލެއިން ބިން ހުރިހާ ދިވެހިންނަށް ލިބެންޖެހޭ. ވަކި ބަޔަކަށް ވަކި ގޮތެއް ކަޑައަޅާ ސިޔާސަތުން އުފެދޭނީ ނަފުރަތު. ފެންނަމުން އަދި އަޑު މި އިވެނީ އެ ވާހަކަ.'' ނިޒާރު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯއްޗާއި, ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅު ހިއްކައި ނިމުމުން އެ ތަނުން ވެސް 2000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ހޫނު ބަހުސެއް ކުރެއްވެމުންދާއިރު, ބައެއް ބޭފުޅުން ވިދާޅުވެފައިވާާ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ އަގުހުރި ބިން މަދު ބަޔަކަށް ހިލޭ ދިނުމަކީ އެއް ގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. މާލޭގެ ރައްޔިތުންނަށް ހިލޭ ދޫކުރުމަކީ އެންމެ ރަނގަޅު ގޮތެއްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅާފައެވެ.
ހައްގު މިންވަރަކީ ކޮބާ؟ ނިޒާރަށް ދީފި ތިހުރީ ވެސް ހައްގު މިންވަރެއްނޫން. މާގިނައައިން އަތޮޅުގަ ދެންތިބި މީހުންގެ ބައި ކޮބާ؟
ޙައްގުމިންވަރަކީީ ރާއްޖޭގެެ އެތެރެއާއިި ބޭރުވިއްކާލުންތޯޯ މިހާރުވެސްް ރާއްޖެދަރުވާލެވުނުުވަރުު ކުޑައީތޯޯ ރައްޔިތުންގުނބޯހައްދާނެކަމެއްނެތްް ބޭކާރުވާހަކަނުދާއްކާާ ތިބާގާއެކީއެއްފަހަރާާ އިސްތިއުފާދޭށޯ