Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

މި އަންނަނީ މައިންބަފައިން ދަރިންނާމެދު ދެކޭ ފޮނި ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު ފަހިކޮށްދެމުން: ރައީސް

މި އަންނަނީ މައިންބަފައިން ދަރިންނާމެދު ދެކޭ ފޮނި ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މައިންބަފައިން ދަރިވަރުންނާ މެދު ދެކޭ ފޮނި ހުވަފެނެއް އޮތް ކަން އެނގި ތިބެ ކަމަށާއި, އެ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށް ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ދިރާސީ އަހަރެއް ފެށޭ ދުވަހަކީ ކުރިއެރުމާއި ތަރައްޤީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ އަހަރެއްގެ ތެރޭގައި ބައްދަލުކުރާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. އަދި މިއަދު އެންމެންގެ ހިތްތަކުގައި މިވަނީ އެ އުފާވެރިކަން ކަމަށާއި, ދަރިވަރުންގެ މޫނުތަކުން ފާއްދަމުން އެ ދަނީ ކުރިމަގަށްޓަކައި އެ ކުދިން ކުރާ އުންމީދުގެ އުޖާލާކަން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށާއި, ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްގީކޮށް ކުރިއަރުވަނީ ދަރިވަރުންނަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މައިންބަފައިން ދަރިވަރުންނާ މެދު ދެކޭ ފޮނި ހުވަފެނެއް އޮތް ކަން އެނގި ތިބެ ކަމަށާއި, އެ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށް ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ވިދާޅުވީ އެ ކަންކަން ޙަޤީޤަތަކަށް ވެގެންދާއިރު ތަރައްޤީގެ އައްސޭރިއަށް ޤައުމުގެ މިސްރާބު ހިފާނޭ ޢިލްމީ ހުނަރުވެރި ނެވިންތަކެއް އުފެދިގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް