ޚަބަރު ސިޔާސީ

މިއުޒިކުގެ ކުރިއެރުން ދަރިވަރުންނަށް ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތް: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

މި ފެށުނު އަހަރާއެކު މިއުޒިކުގެ ކުރިއެރުން ދަރިވަރުންނަށް ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއާއި ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ''އެއް ދަންފަޅި ސްކޫލް, ހެނދުނުގެ ނާސްތާ, ދީނީ އަދި އަޚްލާޤީ ފުރިހަމަ ތަރުބިއްޔަތު, ކުޅިވަރާއި ކަސްރަތު, މިއުޒިކާއި ފަންނީ ކުރިއެރުން'' ދަރިވަރުންނަށް ހޯދޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

ނަޝީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ ކޮންމެ ދުވަހަކު ގަވާއިދުން ސްކޫލުގައި ނަގައިދެވޭ ފިލާވަޅުތައް ބަލައި ދަސްކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށާއި, ނަމާދުކޮށް, ޤުރުއާން ކިޔަވަންވައި މަޖާކުރަންވާނެކަމަށް ވެސް ވިދާޅުވެފައެވެ.

Ads by HDC
  1. މިޔުޒިކެންނޫ ފުރިހަމަ ތަރުބިއްޔަތެއް ހޯދަދޭންވީ އެއްމެންވެގެން