Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޖުލައިގެ ނިޔަލަށް އެޗްއާރްސީއެމްއިން 361 މައްސަލަ ނިންމައިފި

ޖުލައިގެ ނިޔަލަށް އެޗްއާރްސީއެމްއިން 361 މައްސަލަ ނިންމައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް 361 މައްސަލަ ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެޗްއާރްސީއެމްގެ ޤާނޫނުގެ ދަށުން މި އަހަރުގެ ޖުލައިގެ ނިޔަލަށް އެ ކޮމިޝަނަށް 340 މައްސަލަ ހުށަހެޅިއެވެ. އަދި ކުރީގައި ނުނިމި ހުރި މައްސަލަތަކާއެކު އެ މުއްދަތުގެ ނިޔަލަށް 525 މައްސަލައެއް ބަލަމުން އަންނަކަމަށް ވެސް ތަފާސްހިސާބުތަކުގައިވެއެވެ. އޭގެ އިތުރުން 314 މައްސަލަ ވަނީ ނިންމާފައިވާކަމަށް ވެސް ތަފާސްހިސާބުތަކުގައިވެއެވެ.

އެންޓި ޓޯޗާ ޤާނޫނުގެ ދަށުން ޖުލައިމަހުގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހެޅީ 51 މައްސަލައެވެ. 53 މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަންގައި ހިމެނޭއިރު, ކޯޓު މަރުހަލާގައި ދެ މައްސަލައެއް އެބަ އޮތެވެ. ނިންމާފައިވަނީ 41 މައްސަލައެވެ.

Advertisement
Ooredoo — Truecaller (box)

އެޗްއާރްސީއެމްއިން ބުނީ މި އަހަރުގެ ޖުލައިގެ ނިޔަލަށް އެކު ޖުމްލަ 577 މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެޗްއާރްސީއެމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގަައި އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ބެލުން ހިމެނެއެވެ. އަދި އެފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ, އެ މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި, ޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އެ ކޮމިޝަނުގެ މައްޗަށް ލާޒިމް ކުރެއެވެ.

އޭގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ރޫހު އާލާކޮށް, އެ ޙައްޤުތައް ރައްކާތެރިކުރުމާއި, ދެމެހެއްޓުމާއި, ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރަން ވެސް އެ ކޮމިޝަނުގެ މައްޗަށް ލާޒިމް ކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް