އަލަމްގިރިއާއި އިތުރު ދެ މީހެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި
ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއި އިތުރު ދެ މީހެއްގެ މައްޗަށް ދަޢުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އަލަމްގިރީގެ އިތުރުން ދަޢުވާކުރަން ފޮނުވީ ނާޒިމް ޢަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރަމުންދިޔަ ޢަބްދުއްރަޙްމާން ރަފީޤް (ދޮން ދިގު) ގެ މައްޗަށެވެ.
އަލަމްގިރިއާ އެއްކޮށް އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރީ 4 މީހުންނެވެ. ހައްޔަރުކުރި މީހުންގެތެރޭ ދެން ހިމެނެނީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދެވެ. ނަމަވެސް އޭނާގެ މައްސަލަ އަދި ޕީޖީއަކަށް ނުފޮނުވައެވެ.
Ads by Allied Insurance